"ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަންގެ ފަހު އެޕިސޯޑް ލީކު ކޮށްލައިފި އެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގެ ދެވަނަ ސީޒަންގެ ފަހު އެޕިސޯޑް ލީކު ކޮށްލައިފި އެވެ.
ވެރައިޓީން ރިޕޯޓްކުރި ގޮތުގައި، މި އެޕިސޯޑުގެ ބައެއް ބައިތައް ލީކު ކޮށްލާފައި ވަނީ ޓިކްޓޮކާއި އެކްސްގަ އެވެ. އެއީ އަންނަ ހޯމަ ދުވަހު މެކްސްގައި ސްޓްރީމް ކުރަން ފަށާ ގޮތަށް ތާވަލުކޮށްފައިވާ އެޕިސޯޑެކެވެ.
ޓިކްޓޮކް އެކައުންޓަކަށް ވަނީ އެ އެޕިސޯޑުގެ ސްކްރީން ރިކޯޑްކޮށްފައިވާ 14 ކްލިޕެއް އަޕްލޯޑްކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް އެ އެޕިސޯޑުގެ 30 މިނެޓެވެ. ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯތައް ބަލައިފަ އެވެ. އެ ވީޑިއޯތައް އާންމުކުރިތާ ތިން ގަޑިއިރު ފަހުން ޓިކްޓޮކުން ވަނީ އެ އެކައުންޓް ހުއްޓުވައިފަ އެވެ.
House of the dragon Leaks pic.twitter.com/JQD9OgqKFm
— Sebastian Poveda (@xsebastian28) July 31, 2024
ނަމަވެސް، މިހާރު އެ ވީޑިއޯތައް ދަނީ އެކްސް އާއި ރެޑިޓްގައި ދައުރުވަމުންނެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގެ ފުރަތަމަ ސީޒަންގެ ފަހު އެޕިސޯޑް ވެސް ވަނީ ސްޓްރީމް ކުރަން ފަށަން ދެ ދުވަހަށް ވެފައި ވަނިކޮށް ލީކު ކޮށްލައިފަ އެވެ. އެ ފަހަރު އެޕިސޯޑް ލީކުވީ މެކްސްގެ ޑިސްޓްރިބިއުޝަން ޕާޓުނަރުންގެ ފަރާތުންނެވެ.
HBO's security: pic.twitter.com/zVebQFFLb5
— Jon Snow (@LordSnow) July 31, 2024
"ހައުސް އޮފް ދަ ޑްރެގަން" އަކީ އެޗްބީއޯގެ ވަރުގަދަ ފްރެންޗައިޒް "ގޭމް އޮފް ތުރޯންސް"ގެ ފުރަތަމަ ސްޕިން އޮފް ސީރީޒެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނާއި ދެވަނަ ސީޒަނަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
"ގޭމް އޮފް ތުރޯންސް" އަކީ ވެސް ލީކުގެ މައްސަލަތަކާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު ސީރީޒެކެވެ. އެ ސީރީޒްގެ އަށް ވަނަ ސީޒަންގެ ވަރަށް ގިނަ އެޕިސޯޑުތައް އެއްފަހަރާ ލީކުވި އެވެ.
"ހައުސް އޮފް ދަ ޑްރެގަން"ގައި ދައްކަނީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންތައްތަކުގެ 200 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެވެ. އެ ސީޒަންގެ ލީޑު ރޯލުތަކުން ފެންނަނީ މެޓް ސްމިތާއި އޮލިވިއާ ކުކް އަދި އެމާ ޑާސީ އެވެ.
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ޑޫން: ޕްރޮފެސީ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަންގެ ޓީޒާއެއް
"ޑޫން: ޕްރޮފެސީ"ގެ ޓީޒާގައި ތާބޫ
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
"ހައުސް އޮފް ދަ ޑްރެގަން 2"ގެ ޓްރެއިލާ ނެރެފި
"ވައިޓް ލޮޓަސް 3"ގެ ރޯލަކަށް ބްލެކްޕިންކްގެ ލީސާ