"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް ކަމަށްވާ "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް"ގެ ޓީޒާއެއް އިއްޔެ އާންމުކޮށްފި އެވެ.
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް ކަމަށްވާ "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް"ގެ ޓީޒާއެއް އިއްޔެ އާންމުކޮށްފި އެވެ.
އެޗްބީއޯގެ ސްޓްރީމް ޕްލެޓްފޯމް މެކްސް އިން މި އަހަރާއި އަންނަ އަހަރު ގެނެސްދޭ ބައެއް ފިލްމާއި ސީރީޒްތަކުގެ ޓީޒާއެއް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
މި ސީރީޒްގައި ދައްކާނީ ސަ ޑަންކަން ދަ ޓޯލް ކިޔާ ހިތްވަރުގަދަ ފަހުލަވާނެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެވެ. އެއީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންކަމުގެ 100 އަހަރު ކުރި، އަދި މިހާރު ގެނެސްދޭ "ގޭމް އޮފް ތުރޯންސް"ގެ ފުރަތަމަ ސްޕިން އޮފް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގައި އުޅޭ ހުރިހާ ޑްރެގަންއެއް މަރުވާތާ ކައިރީގަ އެވެ. އޭރު ވެސް މި ހަތް ކޮއިލުގައި އޮންނަނީ ޓަގޭރިއަން އާއިލާގެ ބާރެވެ.
"އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް" ގެނެސްދެނީ "ގޭމް އޮފް ތުރޯންސް"ގެ ލިޔުންތެރިޔާ ޖޯޖް އާރުއާރު މާޓިން ލިޔެފައިވާ ވާހަކަ ސީރީޒް "ޓޭލްސް އޮފް ޑަންކް އެންޑް އެގް" އަށް ބިނާކޮށެވެ.
Meet Dunk and Egg.
— Max (@StreamOnMax) August 5, 2024
A sneak peek of the @HBO Original Series #AKnightOfTheSevenKingdoms, coming in 2025 to Max. pic.twitter.com/n3GrJShydY
މި ސީރީޒްގެ ޝޫޓިން ފަށައި މިހާރު ވަނީ ބޮޑު ބައެއް ނިމިފަ އެވެ.
ސަ ޑަންކަން ދަ ޓޯލްގެ ރޯލު ކުޅެނީ އައިރިޝް އެކްޓަރު ޕީޓާ ކްލެފީ އެވެ.
މި ސީރީޒް ގެނެސްދެނީ އަންނަ އަހަރެވެ.
"ހައުސް އޮފް ދަ ޑްރަގަން"ގެ ދެވަނަ ސީޒަން ނިންމާލީ އިއްޔެ އެވެ. ފުރަތަމަ ސީޒަނެކޭ އެއްގޮތަށް ދެވަނަ ސީޒަނަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެ ސީރީޒްގައި ދައްކަނީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންތައްތަކުގެ 200 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެވެ.
"ހައުސް އޮފް ދަ ޑްރަގަން"ގެ ތިންވަނަ ސީޒަން ގެނެސްދެނީ 2026 ގަ އެވެ.
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ޑޫން: ޕްރޮފެސީ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަންގެ ޓީޒާއެއް
"ޑޫން: ޕްރޮފެސީ"ގެ ޓީޒާގައި ތާބޫ
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
"ހައުސް އޮފް ދަ ޑްރެގަން 2"ގެ ޓްރެއިލާ ނެރެފި
"ވައިޓް ލޮޓަސް 3"ގެ ރޯލަކަށް ބްލެކްޕިންކްގެ ލީސާ