އެޗްބީއޯގެ ސްޓްރީމް ޕްލެޓްފޯމް މެކްސްގެ ކާމިޔާބު ސީރީޒްތައް ކަމަށްވާ "ދަ ވައިޓް ލޮޓަސް" އާއި "ދަ ލާސްޓް އޮފް އަސް"ގެ އާ ސީޒަންގެ ޓީޒާއެއް އާންމުކޮށްފި އެވެ.
އެޗްބީއޯގެ ސްޓްރީމް ޕްލެޓްފޯމް މެކްސްގެ ކާމިޔާބު ސީރީޒްތައް ކަމަށްވާ "ދަ ވައިޓް ލޮޓަސް" އާއި "ދަ ލާސްޓް އޮފް އަސް"ގެ އާ ސީޒަންގެ ޓީޒާއެއް އާންމުކޮށްފި އެވެ.
މެކްސް އިން މި އަހަރާއި އަންނަ އަހަރު ގެނެސްދޭ ބައެއް ފިލްމާއި ސީރީޒްތަކުގެ ޓީޒާއެއް އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި "ދަ ވައިޓް ލޮޓަސް"ގެ ތިންވަނަ ސީޒަނާއި "ދަ ލާސްޓް އޮފް އަސް"ގެ ދެވަނަ ސީޒަން ވެސް ހިމެނެ އެވެ.
New luxuries await you in Thailand.
— Max (@StreamOnMax) August 5, 2024
Season 3 of the @HBO Original Series #TheWhiteLotus is coming soon to Max. pic.twitter.com/6f25m4MI5f
"ދަ ވައިޓް ލޮޓަސް" ކިޔާ ހޮޓަލަކަށް ޒިޔާރަތްކުރާ ގެސްޓުންނާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިމާވާ ތަފާތު އެކި ކަންތައްތައް ދައްކާ މި ސީރީޒްގެ ތިންވަނަ ސީޒަން ގެނެސްދެނީ މި އަހަރު ފަހުކޮޅުގަ އެވެ. ކޮންމެ ސީޒަނެއް ވަކި ގައުމަކުން ގެނެސްދޭ އިރު، މިފަހަރު މި ސީރީޒް ގެނެސްދެނީ ތައިލެންޑުންނެވެ.
ބޮޑު ބަލިމަޑުކަމެއް ފެތުރި އިންސާނުން ޒޮންބީސް އަށް ބަދަލުވާ ދުނިޔެއްގައި ފިރިހެނަކު ކުޑަ އަންހެން ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ދިމާވާ ތަފާތު ކަންތައްތައް ދައްކާ "ދަ ލާސްޓް އޮފް އަސް"ގެ ދެވަނަ ސީޒަން ގެނެސްދެނީ އަންނަ އަހަރު އެވެ.
I saved her.
— Max (@StreamOnMax) August 5, 2024
A sneak peek of Season 2 of the @HBO Original Series #TheLastOfUs, coming in 2025 to Max. pic.twitter.com/PQljcvlOsx
ޕެޑްރޯ ޕަސްކަލް ލީޑު ރޯލު ކުޅޭ މި ސީރީޒްގެ ފުރަތަމަ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
"ޑޫން: ޕްރޮފެސީ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
"ޑޫން: ޕްރޮފެސީ"ގެ ޓީޒާގައި ތާބޫ
"ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަނެއް
"ވައިޓް ލޮޓަސް 3"ގެ ރޯލަކަށް ބްލެކްޕިންކްގެ ލީސާ
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
"ފްރެންޑްސް" ގެ ރިޔުނިއަން އެޕިސޯޑް ފަސްކޮށްފި
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ދަ ސޮޕްރާނޯސް" ބޮޑު ސްކްރީނަށް ގެންނަނީ