"ގޭމް އޮފް ތުރޯންސް"ގެ އާ ސްޕިން-އޮފް ސީރީޒް "އަ ނައިޓް އޮފް ދަ ސެވަން ކިންޑަމްސް" އަންނަ ޖެނުއަރީ މަހު ގެނެސްދޭން ނިންމައިފި އެވެ.
"ގޭމް އޮފް ތުރޯންސް"ގެ އާ ސްޕިން-އޮފް ސީރީޒް "އަ ނައިޓް އޮފް ދަ ސެވަން ކިންޑަމްސް" އަންނަ ޖެނުއަރީ މަހު ގެނެސްދޭން ނިންމައިފި އެވެ.
އެ ސީރީޒް އަންނަ ޖެނުއަރީ މަހު ގެނެސްދޭނެ ކަން އެޗްބީއޯ އިން އިއުލާންކޮށް، ފުރަތަމަ ޕޯސްޓަރު ވެސް އިއްޔެ ވަނީ އާންމުކޮށްފަ އެވެ.
އެ ޕޯސްޓަރުގައި ފީޗާކޮށްފައި ވަނީ އެ ސީރީޒްގައި ލީޑު ރޯލު ކުޅޭ އައިރިޝް އެކްޓަރު ޕީޓާ ކްލެފީ އާއި އިނގިރޭސި އެކްޓަރު ޑެސްޓާ ސޮލް އެންސެލް އެވެ.
"އަ ނައިޓް އޮފް ދަ ސެވަން ކިންޑަމްސް"ގައި ދައްކާނީ ސަ ޑަންކަން ދަ ޓޯލް (ޕީޓާ ކްލެފީ) ކިޔާ ހިތްވަރުގަދަ ފަހުލަވާނެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެވެ. އެއީ "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންކަމުގެ 100 އަހަރު ކުރި އެވެ. އަދި މިހާރު ގެނެސްދޭ "ގޭމް އޮފް ތުރޯންސް"ގެ ފުރަތަމަ ސްޕިން-އޮފް ސީރީޒް "ހައުސް އޮފް ދަ ޑްރެގަން"ގައި އުޅޭ ހުރިހާ ޑްރެގަންއެއް މަރުވާތާ ކައިރީގަ އެވެ. އޭރު ވެސް މި ހަތް ކޮއިލުގައި އޮންނަނީ ޓަގޭރިއަން އާއިލާގެ ބާރެވެ.
އެ ސީރީޒް ގެނެސްދެނީ "ގޭމް އޮފް ތުރޯންސް"ގެ ލިޔުންތެރިޔާ ޖޯޖް އާރުއާރު މާޓިން ލިޔެފައިވާ ވާހަކަ ސީރީޒް "ޓޭލްސް އޮފް ޑަންކް އެންޑް އެގް" އަށް ބިނާކޮށެވެ.
"އަ ނައިޓް އޮފް ދަ ސެވަން ކިންޑަމްސް"ގެ ފުރަތަމަ ސީޒަންގެ ޕްރޮޑަކްޝަންގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާއިރު، ދެވަނަ އަދި ތިންވަނަ ސީޒަނެއް ވެސް ގެނެސްދޭން ވަނީ ނިންމައިފަ އެވެ. އެޗްބީއޯ އިން ބުނެފައިވާ ގޮތުގައި، ދެވަނަ އަދި ތިންވަނަ ސީޒަންގެ ޝޫޓިން ކުރިއަށް ގެންދަނީ އެކީގަ އެވެ. އަދި އެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ އެވެ.
"ހައުސް އޮފް ދަ ޑްރަގަން"ގެ ތިންވަނަ ސީޒަން ވެސް އަންނަ އަހަރު ގެނެސްދޭނެ އެވެ. "ގޭމް އޮފް ތުރޯންސް"ގައި ހިނގި ކަންތައްތަކުގެ 200 އަހަރު ކުރި ދައްކާ އެ ސީރީޒްގެ ފުރަތަމަ ދެ ސީޒަނަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
"ގޭމް އޮފް ތުރޯންސް"ގެ އިތުރު ސްޕިން އޮފްއެއް
ހައުސް އޮފް ދަ ޑްރެގަންގެ ފަހު އެޕިސޯޑް ލީކުވެއްޖެ
ހަައުސް އޮފް ޑްރެގަންގެ އެޕިސޯޑަކަށް 20 މިލިއަން
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަން ފްރާންސްގައި
"ހެރި ޕޮޓާ" ސީރީޒް 10 އަހަރަށް ދިގުދެމިގެންދާނެ
"ހެރި ޕޮޓާ" ސީރީޒްގެ ލީޑު ކާސްޓު އިއުލާންކޮށްފި
"ޑޫން: ޕްރޮފެސީ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
"ގޭމް އޮފް ތުރޯންސް"ގެ ފިލްމެއް އުފައްދަނީ
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަންގެ ޓީޒާއެއް