01 އޯގަސްޓް 2024
ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރުމުގައި ދީފައިވާ ލުއިތައް އުވާލުމުގެ މުއްދަތު ކަސްޓަމްސް އިން އިތުރުކޮށްފި އެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެ ކުރުމުގައި ދީފައިވާ ލުއިތައް އުވާލުމުގެ މުއްދަތު ކަސްޓަމްސް އިން އިތުރުކޮށްފި އެވެ.
އެ އިދާރާ އިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެ ތަކެތި ބުއިމަށް ބޭނުންކުރާ ޑިވައިސްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލާނީ އަންނަ ނޮވެމްބަރު 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެ އިނާޔަތް ދިނުން ހުއްޓާލާ ގޮތަށް މީގެ ކުރިން ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ. ނަމަވެސް، އެ ތާރީހަށް ބަދަލުތަކެއް ގެނައި ސަބަބެއް އަދި ނޭނގެ އެވެ.
ދުންފަތުގެ ބާވަތްތަކާއެކު އެނާޖީ ޑްރިންކް އެތެރެކުރަން ވެސް މީގެ ކުރިން ދިޔައީ ލުއިތައް ދެމުންނެވެ. ނަމަވެސް، މިދިޔަ މަހުގެ 1 ވަނަ ދުވަހުން އެނާޖީ ޑްރިންކުތައް އެތެރެކުރުމުގައި ޑިއުޓީ އިނާޔަތް ދިނުން ވަނީ ހުއްޓާލައިފަ އެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒް ކުރިން ވިދާޅުވީ އާންމު ގަވައިދަށް ގެނައި އިސްލާހުގެ ދަށުން މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
ATTENTION! Deadline for exclusion of “products containing tobacco and devices used for smoking”, from duty exemption has been EXTENDED to 1st November 2024. pic.twitter.com/8WVDvEYuFw
— Maldives Customs Service (@CustomsMv) July 31, 2024
އެއް ކަމަކީ ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން އިނާޔަތް އެއްކޮށް ކަނޑާލުމެވެ.
ނިޔާޒް ވިދާޅުވީ ސިނގިރެޓް ހިމެނޭހެން ދުންފަތުގެ ބާވަތްތަކާއި ވޭޕް ކުރަން ގެންގުޅޭ ސާމާނުތަކުން އަދި އެނާޖީ ޑްރިންކުތައް އެތެރެކުރާއިރު ލިބޭ އިނާޔަތް ހުއްޓާލާނެ އެވެ. އޭގެ އިތުރުން އަމިއްލަ ފަރާތްތަކުން ގެންނަ މުދަލަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަނޑައަޅާފައިވާ ޑިއުޓީ މާފުވާ ވަރު މަތިކޮށްފައި ވެ އެވެ.
އެ އިނާޔަތް ގޮތުގައި މީގެ 20 އަހަރު ކުރިން ކަނޑައަޅާފައި އޮންނަނީ މުދަލުގެ އަގުން 2،000ރ. އެވެ. އަދި 2013 ވަނަ އަހަރު އެ އެލަވަންސް 6،000ރ. އަށް ބޮޑު ކުރި އެވެ.
ސިނގިރެޓާއި އެނަޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ
ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް
ވޭޕާއި އެނާޖީ ޑްރިންކް އެތެރެކުރަން ލިބޭ ލުއި އުވާލަނީ
ވޭޕް ކުރުމުން ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިވޭ
ޑިއުޓީއާ އެކު ދުންފަތުގެ އަގު ބޮޑުވެއްޖެ
"އާ ބަދަލާއެކު ދުންފަތުގެ ކޮންޓްރޯލް ގެއްލިދާނެ"
އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް
އެމެރިކާގައި ސިނގިރެޓް ބޯ މީހުން ރެކޯޑް މިންވަރަކަށް ދަށަށް
"އައިކޮސް" އަށް އެމެރިކާ އިން ހުއްދަ ދީފި