ދުންފަތާއި އެނަޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
02 މާޗް 2017
ދުންފަތާއި އެނަޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ސިނގިރެޓް ފޮށްޓަކުން 20ރ. އަދި އެނަޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑުވާ ގޮތަށް ގެނައި އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު މިއަދުން ފެށިގެން އެ ދެ ބާވަތުން ޑިއުޓީ ބޮޑުވާނެ އެވެ. އެ އިސްލާހު ބުނާ ގޮތުން އިސްލާހު ތަސްދީގު ކުރާ ދުވަހުން ފެށިގެން އެ އަށް އަމަލުކުރަން ޖެހޭނެ އެވެ.
އެ އިސްލާހު ބުނާ ގޮތުން ކޮންމެ ސިނގިރެޓަކުން ޑިއުޓީގެ ގޮތުގައި ދެ ރުފިޔާ ނަގައި، ދުންފަތުގެ ކޮންމެ ބާވަތެއްގެ އިންވޮއިސްއެއްގެ 25 ޕަސެންޓް ޑިއުޓީގެ ގޮތުގައި ނަގަންޖެހޭނެ އެވެ. އެހެންވެ، ދެން ސިނގިރެޓެއް ވިއްކާނީ 3.50ރ. އާއި 4.00ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެ ބިލް މަޖިލީހަށް ހުށަހެޅިއިރު އޮތީ ސޮފްޓް ޑްރިންކާއި އެނަޖީ ޑްރިންކުން ވެސް ލީޓަރަކަށް 4.60ރ. ނަގާ ގޮތަށެވެ. އެކަމަކު ކޮމެޓީން ބިލަށް ބަދަލު ގެނެސް ނިންމީ އެނަޖީ ޑްރިންކުގެ ކޮންމެ ލީޓަރަކުން 33.64ރ. ޑިއުޓީގެ ގޮތުގައި ނެގުމަށެވެ.
މީގެ އިތުރުން ބޯ ފެނުން 15 ޕަސެންޓުގެ ޑިއުޓީއެއް ވެސް ނަގަން މަޖިލިހުން ފާސްކޮށް މިއަދުން ފެށިގެން އެއަށް އަމަލުކުރާނެ އެވެ.
ދުންފަތާ ގުޅޭ ލުއިތައް އަންނަ ނޮވެމްބަރު މަހާ ހަމައަށް
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ
ކުއްލި މަރުތަކުގެ ފަހަތުގައި ކޮން ކަމެއް؟
ސިނގިރޭޓްގެ އާ ޑިއުޓީ: ނަތީޖާ ހާސިލްވެދާނެބާ؟
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ސިނގިރޭޓާއި އެނާޖީޑްރިންކް އަގުބޮޑުކުރަން މާދަމާ ވޯޓަށް
ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް
ކޮމެޓީން ފާސްކުރީ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވާގޮތަށް
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރާ އިސްލާހު ބަލައިގެންފި
ސިނގިރޭޓް ފޮއްޓެއް ވިއްކަންވީ 100ރ އަށް: ނިހާން