Roadha Mihaaru
ކަރަންޓު ބިލާއި އާންމުން: އަދި އެކަމަށް އޮތް ހައްލު!

ކަރަންޓު ބިލާއި އާންމު ރައްޔިތުން: އަދި އެ ކަމަށް އޮތް ހައްލު!

04 އޯގަސްޓް 2024

ރާއްޖޭގައި ކަރަންޓު ބިލްގެ ޓެރިފް ރޭޓްތައް މިހާރު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންނާއި ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ކަރަންޓު ބިލަކަށް ލުޔެއް ނުލިބޭނެ އެވެ. މިހާރު ހުރި ޓެރިފް ރޭޓުން ޑޮމެސްޓިކް ހައުސް ހޯލްޑް ރޭޓަށް ފެތެނީ މަހަކު 600 ޔުނިޓު ބޭނުންކުރާ ގޭބިސީތަކަށް އެކަންޏެވެ. އެ އަށް ވުރެ ގިނައިން ބޭނުންކުރާ ކޮންމެ ޔުނިޓަކީ ކޮމާޝަލް ނުވަތަ އިންޑަސްޓްރިއަލް ކެޓެގަރީ އަށް ފެތޭ ޔުނިޓެކެވެ. ހަ ސަތޭކަ ޔުނިޓަށް ވުރެ އިތުރުވާ ކޮންމެ ޔުނިޓަކަށް 4.25 (ހަތަރު ރުފިޔާ ފަންސަވީސް ލާރީގެ) ރޭޓުން ޗާޖު ކުރެވެ އެވެ.

ރާއްޖޭގައި ކަރަންޓު ބިލްގެ ޓެރިފް ރޭޓްތައް މިހާރު ކަނޑައަޅާފައިވާ ގޮތުން ރައްޔިތުންނާއި ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ކަރަންޓު ބިލަކަށް ލުޔެއް ނުލިބޭނެ އެވެ. މިހާރު ހުރި ޓެރިފް ރޭޓުން ޑޮމެސްޓިކް ހައުސް ހޯލްޑް ރޭޓަށް ފެތެނީ މަހަކު 600 ޔުނިޓު ބޭނުންކުރާ ގޭބިސީތަކަށް އެކަންޏެވެ. އެ އަށް ވުރެ ގިނައިން ބޭނުންކުރާ ކޮންމެ ޔުނިޓަކީ ކޮމާޝަލް ނުވަތަ އިންޑަސްޓްރިއަލް ކެޓެގަރީ އަށް ފެތޭ ޔުނިޓެކެވެ. ހަ ސަތޭކަ ޔުނިޓަށް ވުރެ އިތުރުވާ ކޮންމެ ޔުނިޓަކަށް 4.25 (ހަތަރު ރުފިޔާ ފަންސަވީސް ލާރީގެ) ރޭޓުން ޗާޖު ކުރެވެ އެވެ.

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ފެންވަރަށް ބަދަލު އަންނަމުން ދާ ސްޕީޑުގައި ހިދުމަތް ދޭ ފަރާތްތަކާއި ރެގިއުލޭޓަރީ އޮތޯރިޓީތަކުން ވިސްނާލާ ނަމަ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބުނީސް ކަން ކަށަވަރެވެ.

ޑޮމެސްޓިކް ކެޓަގަރީގައި 600 ޔުނިޓް ބޭނުން ކުރަން މަޖުބޫރު ވެގެން ތިބެންވީ ހެއްޔެވެ؟ ތިން ކޮޓަރީގެ ގެއެއް ނަމަ އެ ގޭގައި އާންމުކޮށް ބޭނުންކުރާ ތަކެއްޗާ އެކީ 18،000 ބީޓީޔޫގެ އެންމެ އެއާކޮންޑިޝަނެއް ބޭނުންކޮށްފި ނަމަވެސް މަހެއްގެ މައްޗަށް 600 ޔުނިޓަށް ވުރެ އިތުރު ނުވާނެ ގޮތެއް ނޯވެ އެވެ. އެންމެ އާދައިގެ ގެއެއްގައި ވެސް ދޮންނަ މެޝިން، އައިސް އަލަމާރި، އިސްތިރި، ކަރަންޓުން ފެން ކައްކާ ކުރާ، ބަދިގެ ހޫޑް ފަދަ 1،000 ވޮޓަށް ވުރެ މަތިން ކަރަންޓު ބޭނުންވާ ތަކެތި ބޭނުން ނުކުރާ ގެއެއް މަދުވާނެ އެވެ، މިއީ އެ ގެއެއްގައި ބޭނުންކުރާ ބޮކި އަދި ފަންކާ ފަދަ ތަކެތީގެ އިތުރުން ކަރަންޓާ ނުލައި ބޭނުން ނުހިފޭނެ ތަކެއްޗެވެ.

ވުމާ އެކު، ޑޮމެސްޓިކް އިލެކްޓްރިސިޓީ ޓެރިފް ނަގާ ބޭންޑުތަކަށް ބަދަލު ގެނެސްގެން ނޫނީ ރައްޔިތުންނަށް ކަރަންޓު ބިލުން ލުއިވާނެ އެއްގޮތެއް ވެސް ނުވިސްނެ އެވެ. އާންމު ރައްޔިތުންގެ ކަރަންޓު ބިލަށް ލުއި ލިބޭނެ ގޮތް ހިސާބުން ހަދަން އެނގިވަޑައިގަންނަވާނެ ބޭފުޅުން ސްޓެލްކޯ އާއި ހަކަތައާ ބެހޭ ވުޒާރާ އާއި އެ ވުޒާރާގެ ދަށުން ހިންގާ އެހެން އިދާރާތަކުގައި ތިއްބަވާނެކަން ވެސް ޔަގީނެވެ. މިފަދަ ހިސާބުތަކަކީ ސްޓެލްކޯ އަށް ގެއްލުން ނުވާ ގޮތަށް ވެސް ހަމަޖެއްސޭނެ ހިސާބުތަކެވެ.

ހަކަތަ އުފައްދާ ކުންފުންޏަށް ގެއްލުން ނުވާ ގޮތަށް އަދި ރައްޔިތުންގެ ޖީބަށް ކަރަންޓު ބިލުން ލުއި ލިބޭނެ ގޮތްތައް މިތަނުގައި ހާމަކޮށްލަން ބޭނުމެވެ.

• ޑޮމެސްޓިކް ކެޓެގަރީގައި ހިމެނޭ ގޭބިސީތަކުގެ އިލެކްޓްރިކް ޓެރިފް ރޭޓާއި ބޭންޑުތަކަށް ބަދަލު ގެނައުން:

އާންމު ގޭބިސީތަކުގެ ކަރަންޓް ބިލަށް ލުއިވާނެ އެއްގޮތަކީ މިހާރު ހުރި ޑޮމެސްޓިކް ރޭޓްތަކުގެ ބޭންޑްރޭންޖް 0 ޔުނިޓުން ފެށިގެން 1،200 ޔުނިޓާ ހަމައަަށް މަތިކުރުމެވެ. އަދި ޕްރައިސް ރޭންޖް ކެޓެގަރީތަކުގެ ކޮންމެ ބޭންޑެއް މިހާރު ހުރި 100 ޔުނިޓަށް ހުރި ބޭންޑް 200 ޔުނިޓުން ތަފާތު ކުރަމުން ގެންދިއުމެވެ. މި ގޮތަށް ބޭންޑުތައް ބަދަލުކުރާއިރު، އެ ބޭންޑުތަކަށް މިހާރު ކަޑައަޅާފައިވާ އަގުތަކަށް ބަދަލު ގެންނާކަށް ނުޖެހެ އެވެ.

• ސިނާއީ ކެޓެގަރީގައި ހިމެނޭ ތަންތަނުގެ ޓެރިފް ރޭޓާއި ބޭންޑުތަކަށް ބަދަލު ގެނައުން:

ކޮމާޝަލް ބޭންޑުތަކުގެ ޓެރިފް ފެށޭ ރޭޓަކީ 3.5 ރުފިޔާ ކަމުގައި ހަމަޖެއްސުމާ އެކު 500 ޔުނިޓުން ފެށިގެން 6.25 ރުފިޔާގެ ރޭޓަށް ބަދަލު ގެނައުން ފަދަ ކަންކަމުން އާންމު ރައްޔިތުން އުފުލަން ޖެހުނު ތަކްލީފުން ބައެއް ސިނާއީ މަސައްކަތުގެ ތެރެއިން ހިއްސާ ކުރުމުން ރައްޔިތުންނަށް ކަރަންޓުބިލްގެ ތަކުލީފް ކުޑަވެގެން ދާނެ އެވެ. އަދި ސިނާއީ މަސައްކަތުގެ ވެރިފަރާތަށް ވެސް ގޭބިސީތަކަށް ލިބިގެންދާ ލުއިގެ ތެރެއިން އާދައިގެ ރައްޔިތެކޭ އެއްފަދައިން ލުއި ލިބިގެން ދާނެ އެވެ.

ހަމަ ހަގީގަތުގައި ވެސް ހެޔޮ އެދިގެން އާންމު ރައްޔިތުންގެ ޖީބަށް ލުއިވާ ގޮތް ހަދަން ބޭނުންވާ ނަމަ މި ފަދަ ގޮތަށް ޢަމަލުކޮށްގެން ނޫނީ މިކަމަށް އެކަށީގެންވާ ހައްލެއް ނާންނާނެ އެވެ.

އެޑިޓަރުގެ ނޯޓު:

މުހައްމަދު ޔޫސުފް ހުސައިނަކީ އިމާރާތް ފަރުމާ ކުރުމާއި އިމާރާތް ކުރުމުގެ ދާއިރާ އިން އަދި ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ހޯއްދަވައިފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގައި އިމާރާތްކުރުމާ ބެހޭ ބައިގެ އިސްބޭފުޅެއްގެ ގޮތުގައި 15 އަހަރު މަސައްކަތް ކުރެއްވި އެވެ. އޭގެ ތެރެއިން ހަތް އަހަރު ހޭދަކުރެއްވީ އެ މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށެވެ.

މީގެ ކުރިން މިއަދު ނޫހުގައި ގެދޮރުވެހި ކަމާއި އިޖުތިމާއީ މައްސަލަތަކާ ގުޅުން ހުރި ކަންކަމުގައި ބައެއް ލިޔުންތައް ލިޔުއްވި އެވެ.