Roadha Mihaaru
ރީޑިން ނަގާ ދުވަހު ބިލް ކުރަން މަސައްކަތް ކުރަނީ

ކަރަންޓުގެ ރީޑިން ނަގާ ދުވަހު ބިލް ކުރަން ސްޓެލްކޯ އިން މަސައްކަތް ކުރަނީ

04 އޯގަސްޓް 2024

ކަރަންޓުގެ ރީޑިން ނަގާ ދުވަހު ކަސްޓަމަރަށް ބިލް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކަރަންޓުގެ ރީޑިން ނަގާ ދުވަހު ކަސްޓަމަރަށް ބިލް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެ ކުންފުނިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، ބިލް ކުރާ ދުވަހާއި ބިލް ލިބޭ ދުވަހުގެ ގާތްގަނޑަކަށް 25 ދުވަހާއި 30 ދުވަހުގެ ފަރަގު އުޅޭ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ވިސްނަން ރިއަލް ޓައިމްގައި ބިލް ކުރަން. މާނައަކީ ރީޑިން ނަގާ ދުވަހު ވަގުތުން ވަގުތަށް ބިލް ކުރުން. މިކަން ގެންދާނީ ރައްޔިތުންނާ ވާހަކަ ދައްކައިގެން،" އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ، ބިލްތައް ވަގުތުން ނުފޮނުވޭ މައްސަލަ ދިމާވާތާ 15 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. އޭނާ ވިދާޅުވީ، ކަސްޓަމަރުންނަށް ބިލް ވަގުތުން ޑެލިވަރީ ކުރަން މަސައްކަތް ކުރާ ކަމަށެވެ. ވިދާޅުވީ، އެގޮތަށް ބިލް ބޭނުންވާ ކަސްޓަމަރުންނަށް އެކަމަށް އެދުމުގެ ފުރުސަތު ވެސް ދޭ ކަމަށެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، ކަސްޓަމަރުންނަށް ބިލްތައް ލަހުން ފޮނުވާތީ އެ ޝަކުވާ ވަރަށް ބޮޑެވެ.

މާލެ ސަރަހައްދުގައި 70،000 ގޭބީސީއަށް ސްޓެލްކޯ އިން އަންނަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.

ފަހުމީ ވިދާޅުވީ، ކަރަންޓު އަގުހެޔޮ ކުރެވެން އޮތީ ހަމައެކަނި އިޔާދަކުރަނިވި ހަކަތައިން ކަމަށެވެ. އުފައްދާ ކަރަންޓުގެ 30 ޕަަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ.