ސްޓެލްކޯ އިން ދެ ބިލު ފޮނުވި ބޭނުމަކީ ސަރުކާރުން ދޭން ނިންމި ޑިސްކައުންޓް އެ ބިލްގައި ހިމެނުމަށް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަކަށް ކުރި ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.
04 މާޗް 2025
ސްޓެލްކޯ އިން ދެ ބިލު ފޮނުވި ބޭނުމަކީ ސަރުކާރުން ދޭން ނިންމި ޑިސްކައުންޓް އެ ބިލްގައި ހިމެނުމަށް ކަމަށާއި އެއީ ކަސްޓަމަރުންގެ ފައިދާއަކަށް ކުރި ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ސްޓެލްކޯ އިން އެންމެ ފުރަތަމަ ފޮނުވީ ޖެނުއަރީ މަހުގެ ކަރަންޓު ބިލެވެ. އެއީ ގާތްގަނޑަކަށް ޖެނުއަރީ 9 އިން 10 އަށް ތައްޔާރުކޮށްފައިވާ 32 ދުވަހުގެ ބިލެކެވެ. އޭގެ ފަހުން މިދިޔަ މަހުގެ 10 އިން 27 އަށް ހަދާފައި ބިލެއް ވެސް ފޮނުވި އެވެ.
އެއް މަހެއްގައި ދެ ކަރަންޓު ބިލު ލިބުމުން އެކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.
އެހެންވެ، ކަން ހިންގާފައިވާ ގޮތް އޮޅުންފިލުވައިދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގާތްގާތުގައި ދެ ބިލެއް ފޮނުވީ ކަސްޓަމަރުންގެ ފައިދާ އަށް ކަމަށެވެ.
"އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ވެސް ނޫން. ބިލްތަކުގެ ރީޑިން ނެގި ތާރީހުތައް ބިލުން ފެންނަން ހުންނާނެ. މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިން ސައިކަލްގައި ހިމެނޭ ރީިޑިން ނެގުމަށް ފަހު ބިލް ޑެލިވާ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް،" ތަފުސީލް ދެއްވަމުން އޭނާ ވިދާޅުވި އެވެ.
"އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާ ގޮތަށް މި ބިލް ދެއްކުމަށް ވަނީ 30 ދުވަހުގެ މުހުލަތެއް ވެސް ދެވިފައި."
ސްޓެލްކޯގެ މެނޭޖިންސް ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އެގޮތަށް ބިލު ފޮނުވުމުގެ މަގުސަދަކީ ފަހުމީ ވިދާޅުވިގޮތުގައި، މި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަމަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލްގައި ހިމެނުމެވެ.
އޭނާ ވިދާޅުވީ ބެކްލޮގާ އެކު، އެ ބިލް ފޮނުވާ ނަމަ ޑިސްކައުންޓް ދޭން ޖެހޭނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް ކަމަށް ވުމުން އެ ބަދަލު ގެނައީ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކަމަށެވެ.
"ބެކްލޮގް ފިލުވާލެވުމާ އެކު އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފްތާގައި ރީޑިންގް ނެގުމަށް ފަހު ޖެހިގެން އަންނަ ދުވަހު އެ ބިލް ޑެލިވަ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލްގައިވާ ރީޑިން އާއި މީޓަރާ އަޅާ ކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯ އަށް ބޮޑުވެގެންދާނެ،" ފަހުމީ ވިދާޅުވި އެވެ.
ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ހިދުމަތުގެ ރެކޯޑް އޮތް ކުންފުންޏެއް ކަމަށާއި އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ފަހުމީ ދެއްވި އެވެ.
ސްޓެލްކޯގެ 350 މުވައްޒަފުން ނުކުމެ، ކަރަންޓު ބިލުގެ ރީޑިން ނެގުމުގެ މަސައްކަތް އެއް ދުވަސް ތެރޭގައި ވަނީ ނިިންމައިފަ އެވެ.
އެ ކުންފުނިން އެގޮތަށް ނިންމީ މި އަހަރުގެ ރޯދަމަހުގެ ކަރަންޓު ބިލުން ވެސް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެވެ. މިދިޔަ އަހަރު ވެސް ރޯދަމަހާ ދިމާކޮށް 10 ޕަސެންޓްގެ ޑިސްކައުންޓެއް ދިނެވެ.
ރީޑިން ނަގަން 350 މުވައްޒަފުން މާދަމާ ނިކުންނަނީ
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
އީވީ ސްޓޭޝަނުން އެއްފަހަރާ 8 އުޅަނދު ޗާޖު ކުރެވޭނެ
ސްޓެލްކޯ އިން ވެސް ސްމާޓް މީޓަރު ހަރުކުރަނީ
ސްޓެލްކޯގައި ކޯލް ސެންޓަރެއް، ގުޅާނީ 1545 އަށް
ރީޑިން ނަގާ ދުވަހު ބިލް ކުރަން މަސައްކަތް ކުރަނީ
މިދިޔަ މަހުގެ ކަރަންުޓު ބިލް ބޮޑުވި ސަބަބު ބަލަނީ!
2018އިން ފެށިގެން ޕީއެސްއެމުން ކަރަންޓުބިލް ނުދައްކާ
ކަރަންޓު ބިލްތަކަށް ބައި ބިލިއަން ރުފިޔާ ލިބެން ޖެހޭ
އިންޖީނުގެއަކަށް ބޭނުންވާ ހުރިހާ ސާމާނު ސްޓެލްކޯއިން!