Roadha Mihaaru
ރަން މެޑެއްޔާ އެކު ޗެޕްޓެގޭ 16 އަހަރުވީ ހުވަފެން ހަގީގަތަކަށް

ރަން މެޑެއްޔާ އެކު ޗެޕްޓެގޭ 16 އަހަރުވީ ހުވަފެން ހަގީގަތަކަށް

04 އޯގަސްޓް 2024

އޮލިމްޕިކްސްގެ ރެކޯޑަކާ އެކު، 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، އޮލިމްޕިކް ޗެމްޕިއަނަކަށް ވުމަށް ޔޫގެންޑާގެ ޖޯޝުއާ ޗެޕްޓެގޭ ދެކެމުން އަންނަ ހުވަފެން 16 އަހަރަށް ފަހު ހަގީގަތަކަށް ހަދައިފި އެވެ.

އޮލިމްޕިކްސްގެ ރެކޯޑަކާ އެކު، 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، އޮލިމްޕިކް ޗެމްޕިއަނަކަށް ވުމަށް ޔޫގެންޑާގެ ޖޯޝުއާ ޗެޕްޓެގޭ ދެކެމުން އަންނަ ހުވަފެން 16 އަހަރަށް ފަހު ހަގީގަތަކަށް ހަދައިފި އެވެ.

ޗެޕްޓެގޭ އޮލިމްޕިކްސްގެ ރަނަކަށް އުއްމީދުކުރަން ފެށީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގައި ކެނެނިސާ ބެކެލޭ އޮލިމްޕިކްސްގެ ރެކޯޑަކާ އެކު، ރަން މެޑަލް ހެދި ހިސާބުންނެވެ.

އޭނާ 2020 ވަނަ އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގައި ރަން މެޑެއްޔާ ގާތަށް ދިޔަ ނަމަވެސް ފުއްދާލަން ޖެހުނީ ރިހި މެޑެއްޔަކުންނެވެ. އޭނާ މި ފަހަރު ރަން މެޑަލް އެ އުއްމީދު ހާސިލްކުރީ ބެކެލޭ 2008 ގައި 27:01.17 މިނެޓުން ދުވެގެން ހެދި އޮލިމްޕިކްސްގެ ރެކޯޑް ވެސް މުގުރާލުމަށް ފަހު އެވެ.

ޗެޕްޓެގޭ ރޭސް ނިންމީ 26:43.14 މިނެޓުންނެވެ. ދެ ވަނަ އަށް ދިޔައީ 26:43.44 މިނެޓުން ދުވި އިތިއޯޕިއާގެ ބެރިހު އަރެގަވީ އެވެ. ލޯ މެޑަލް ހޯދީ އެމެރިކާގެ ގްރާންޓް ފިޝާ އެވެ. އޭނާގެ ޓައިމިން އަކީ 26:43.46 މިނެޓުންނެވެ.

އިވެންޓަށް ފަހު ޗެޕްޓެގޭ ބުނީ މީގެ 16 އަހަރު ކުރިން ބެކެލޭ އޮލިމްޕިކްސް ރަން މެޑަލް ހޯދި މަންޒަރު ބެލި ހިސާބުން މި ކާމިޔާބު ހޯދުމަށް އޭނާ ހިތުލީ ކަމަށެވެ.

"އަހަރެން ބުނިން، އެއް ދުވަހަކުން އޮލިމްޕިކްސް ޗެމްޕިއަނަކަށް ވާނަމޭ. މިއަދަކީ އަހަރެންގެ އެންމެ ހާއްސަ ދުވަސް. މި އިހުސާސް ކިޔައިދޭން އުނދަގޫ. ޓޯކިޔޯގައި ރިހި މެޑަލް ލިބުމުން ވަރަށް މާޔޫސްވި، އަހަރެން ބޭނުންވީ ރަން. އެކަން މި ހާސިލްވީ،" ޗެޕްޓެގޭ ބުންޏެވެ.

ޗެޕްޓެގޭ އަކީ މި އިވެންޓުގެ ދުނިޔޭގެ ރެކޯޑް ހޯލްޑަރު ވެސް މެ އެވެ. އޭނާ ރެކޯޑް ހެދީ ސްޕެއިނުގެ ވެލެންސިއާގައި 2020 ވަނަ އަހަރު 26:11.00 މިނެޓުން ދުވެގެންނެވެ. މި ރާސްތާ އިން ދުނިޔޭގެ ޗެމްޕިއަންކަން 2019، 2022 އަދި 2023 ގައި ހޯދި ޗެޕްޓެގޭ ވަނީ 2020 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 5000 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.