Roadha Mihaaru
ރަން މެޑަލް އެމެރިކާއަށް، ބްރެޒިލަށް އޮތީ އިންތިޒާރު

ރަން މެޑަލް އެމެރިކާއަށް، ބްރެޒިލަށް އޮތީ އިންތިޒާރު

11 އޯގަސްޓް 2024

ޕެރިސް (އޮގަސްޓް 11) - ބްރެޒިލް އަތުން 1-0 އިން މޮޅުވެ އެމެރިކާ އިން އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ރަން މެޑަލް ކާމިޔާބުކުރިއިރު، ބްރެޒިލުން ރަނަށް ކުރަމުން އަންނަ އިންތިޒާރު ދިގުލައިފި އެވެ.

ޕެރިސް (އޮގަސްޓް 11) - ބްރެޒިލް އަތުން 1-0 އިން މޮޅުވެ އެމެރިކާ އިން އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ރަން މެޑަލް ކާމިޔާބުކުރިއިރު، ބްރެޒިލުން ރަނަށް ކުރަމުން އަންނަ އިންތިޒާރު ދިގުލައިފި އެވެ.

މިއީ ބްރެޒިލްގެ ތިން ވަނަ އޮލިމްޕިކްސް ފައިނަލެވެ. މީގެ ކުރިން 2004 އަދި 2008 ގައި ވެސް ބަލިވީ އެމެރިކާ އަތުންނެވެ.

ޕީއެސްޖީގެ ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެމެރިކާގެ ހަމައެކަނި ގޯލު 57 ވަނަ މިނިޓުގައި ޖަހައިދިނީ މެލޮރީ ސްވަންސޮން އެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. ރަން މެޑަލް ހޯދައިދިން ގޯލާ އެކު 26 އަހަރުގެ ފޯވާޑް ވަނީ މިހާތަނަށް 38 ގޯލު ޖަހައިދީފަ އެވެ.

ބްރެޒިލްގެ މާތާ (ކ)، މިއީ އޭނާގެ ހަވަނަ އޮލިމްޕިކް މުބާރާތް.-- ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ މާތާ (ކ)، މިއީ އޭނާގެ ހަވަނަ އޮލިމްޕިކް މުބާރާތް.-- ފޮޓޯ: އޭއެފްޕީ

އެމެރިކާ ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ނަމަވެސް ބްރެޒިލް އަށް ނޮކައުންޓް ބުރުން ފުރުސަތު ލިބުނީ ގުރޫޕްގެ ތިން ވަނައިގައި ނިންމައިގެންނެވެ. ގުރޫޕް ސްޓޭޖުގައި ނައިޖީރިއާ އަތުން ފުރަތަަ މެޗުގައި މޮޅުވި ނަމަވެސް ޖަޕާން އަދި ސްޕެއިންއާ ވާދަކޯށް ވަނީ ބަލިވެފަ އެވެ.

"އަހަރެމެން ގެ އަމާޒަކަށްވީ ފައިނަލުގައި ކުޅުން. އެއީ މެޑަލް އެއް ޔަގީން ކުރަން،" ހަ ވަނަ އޮލިމްޕިކް މުބާރާތް ކުޅެ، ތިން ރިހި މެޑަލް ހޯދި ބްރެޒިލްގެ ފޯވާޑް މާތާ، 38 ފައިނަލް މެޗަށް ފަހު ބުންޏެވެ.

މިއީ އެމެރިކާ، އޮލިމްޕިކްސްގައި އަންހެނުންގެ ފުޓްބޯޅަ މުބާރާތުން ރަން މެޑަލް ހޯދި ރެކޯޑް ފަސް ވަނަ ފަހަރެވެ. އެމެރިކާގެ އިތުރުން ދެން ރަން މެޑަލް ހޯދާފައި ވަނީ ޖަރުމަނާއި ކެނެޑާ އަދި ނޯވޭ އެވެ. ތިން ގައުމުން ވެސް ވަނީ އެއް ފަހަރު ރަން މެޑަލް ހޯދައިފަ އެވެ.