Roadha Mihaaru
ފަސް މިލިސިކުންތުގެ ފަރަގަކުން ރަން މެޑަލް

ފަސް މިލިސިކުންތުގެ ފަރަގަކުން ރަން މެޑަލް

05 އޯގަސްޓް 2024

ފަސް މިލިސިކުންތުގެ ފަރަގަކުން ޖެމެއިކާގެ ކިޝޯން ތޮމްސަން ފަހަތަށް ޖައްސާލައި އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ރަން މެޑަލް އެމެރިކާގެ ނޮއާ ލައިލްޒް ހޯދައިފި އެވެ.

ފަސް މިލިސިކުންތުގެ ފަރަގަކުން ޖެމެއިކާގެ ކިޝޯން ތޮމްސަން ފަހަތަށް ޖައްސާލައި އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ރަން މެޑަލް އެމެރިކާގެ ނޮއާ ލައިލްޒް ހޯދައިފި އެވެ.

މިއީ މި ޒަމާނުގެ ތާރީހުގައި އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ އިވެންޓެއްގައި މިހާ ކުޑަ ފަރަގެއް ނުކުތް ފުރަތަމަ ފަހަރެވެ. ދެ ދުވުންތެރިންގެ ރައުންޑްއަޕް ޓައިމިންއަކީ 9.79 ސިކުންތެވެ. ނަމަވެސް ފޮޓޯ ފިނިޝް އަށް ބަލައިގެން ލައިލްޒް އަށް ކުރި ލިބުނީ އޭނާ ޕޮއިންޓް 784 ސިކުންތުން ކުރީގައި އޮތުމުންނެވެ. ތޮމްސަންގެ ނިންމީ ޕޮއިންޓް 789 ސިކުންތުންނެވެ.

މިއީ 2004 ވަނަ އަހަރު ގްރީސްގެ އެތެންސްގައި އޮތް އޮލިމްޕިކްސްގައި އެމެރިކާގެ ޖަސްޓިން ގަޓްލިން 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ފަހުން، އެމެރިކާ ދުވުންތެރިއަކު މި އިވެންޓް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ފޮޓޯ ފިނިޝް އަށް ބަލައިގެން ނަތީޖާ ކަނޑައަޅަން ތިއްބާ ލައިލްޒް ވަނީ މޮޅުވާނީ ތޮމްސަން ކަމަށް އޭނާ ގާތު ބުނެފަ އެވެ.

"އަހަރެން ހުރީ ތައްޔާރުވެގެން މޮޅުވީ އޭނާ ކަމަށް އިއުލާންކުރާނެ ކަމަށް. އެހެން ހުއްޓާ އަހަރެންގެ ނަން ސްކްރީނުން ފެނުމުން ކުރެވުނީ އާދަޔާހިލާފު އިހުސާސެއް،" ލައިލްޒް ބުންޏެވެ.

ލައިލްޒް އަކީ މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް މި އިވެންޓުން ރަން މެޑަލް ހޯދައި ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާގެ މަގާމުގައި ހުރި ދުވުންތެރިޔާ އެވެ. އޭނާ އެ މުބާރާތުގައި 200 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދި އެވެ.