Roadha Mihaaru
އެމެރިކާ އިން ރާއްޖެއަށް އިތުރު 8މިލިއަން ޑޮލަރު ދީފި

އެމެރިކާ އިން ރާއްޖެއަށް އިތުރު 8 މިލިއަން ޑޮލަރު ދީފި

05 އޯގަސްޓް 2024

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި 14 ވަނަ އިސްލާހުގެ ދަށުން އެމެރިކާ އިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރު (131 މިލިއަން ރުފިޔާ) ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި 14 ވަނަ އިސްލާހުގެ ދަށުން އެމެރިކާ އިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރު (131 މިލިއަން ރުފިޔާ) ދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިދިޔަ އަހަރު ތަކުގައި ރާއްޖެއަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު އިތުރު ކުރަމުން އައިސް، އެ އިސްލާހުގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށެވެ. އެއާ އެކު، އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެ އާއި އެމެރިކާ އިން ސޮއިކުރި ތާރީހީ "ޑިވެލޮޕްމަންޓް ކޯޕަރޭޝަން" އެއްބަސްވުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީގައި ބެއްވި ރަސްމިއްޔާތެއްގައި އެ އިސްލާހުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދާއި އެމެރިކާ ސަރުކާރުގެ ފަރާތުން ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައު އެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ޔޫއެސްއޭއައިޑީގެ މިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.