ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގަނޑުވަރު ކައިރިއަށް ޖަމާވާން ފެށުމާ އެކު އޭނާ އިސްތިއުފާ ދެއްވައިފި އެވެ.
ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅު މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގަނޑުވަރު ކައިރިއަށް ޖަމާވާން ފެށުމާ އެކު އޭނާ އިސްތިއުފާ ދެއްވައިފި އެވެ.
އޭއެފްޕީން ބުނި ގޮތުގައި ގަނޑުވަރު މިހާރު ވަނީ މުޒާހަރާކުރާ މީހުންގެ ބާރުގެ ދަށުގަ އެވެ. އަދި ސިފައިންގެ ވެރިޔާ ގައުމާ މުޚާތަބު ކުރައްވައި، ވިދާޅުވީ ހަސީނާގެ އިސްތިއުފާއާ އެކު، ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބީބީސީން ބުނިގޮތުގައި ހަސީނާ ހެލިކޮޕްޓަރެއްގައި ވަޑައިގަތީ އިންޑިއާގެ އަގާޓަލާ ސިޓީއަށެވެ. ހަސީނާގެ އަރިސް ބޭފުޅަކު އޭއެފްޕީ އަށް ބުނި ގޮތުގައި ހަސީނާ ގައުމު ދޫކޮށް ވަޑައިގަތީ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށެވެ.
ސިވިލް ސާވިސް ވަޒީފާއަށް މީހުން ނަގާ ގޮތާ މެދު ހިތްހަމަނުޖެހުން މިދިޔަ މަހު ފެށި މުޒާހަރާތަކުގައި އެތައް ބަޔަކު މަރުވުމުން މުޒާހަރާ މެދުކަނޑާލުމަށް ފަހު މި ހަފްތާގައި އަލުން ފެށުމަށް ފަހު އިއްޔެ އަކީ މުޒާހަރާގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އެއާ އެކު ހަސީނާގެ އިސްތިއުފާ އަށް ގޮވައި، މުޒާހަރާގެ މިސްރާބު އެއްކޮށް ބަދަލުވި އެވެ.
ބަންގްލާދޭޝްގައި އިއްޔެ ކުރި މުޒާހަރާގައި އިމާރާތެއްގައި ހުޅުޖަހާފައި. -- ފޮޓޯ: އޭއެފްޕީ
މިއަދު މުޒާހަރާ ވަރުގަދަކޮށް މިއަދު މިއީ ފަހު ދުވަސް ކަމަށް އިއްޔެ އޮތީ މުޒާހަރާގެ ލީޑަރުން އިއުލާނުކޮށްފަ އެވެ. އެހެންވެ ވެރިރަށް ޑާކާއަށް އެންމެން ޖަމާވާން ގޮވާލާފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެ އެތަނުގައި ހުރި ތަކެތި ނެރެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.
މިދިޔަ މަހު މުޒާހަރާކުރި އިރު ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއް ނުދީ ކުރިމަތިލި ނަމަވެސް އިއްޔެ ކިތަންމެ ސަރަހައްދެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ދޫކޮށްލާފައި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު ވެސް އިސްތިއުފާދެނީ
ހަސީނާގެ ވެރިކަން ނިންމި 24 ގަޑިއިރުތެރޭ 100 މަރު
ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝް ރައްޔިތުން މަގުތަކަށް
އާ އިންތިޚާބަކަށް ގޮވާލައި، ބަންގާޅުގައި މުޒާހަރާކުރަނީ
ހަސީނާއަށް 21 އަހަރުގެ ޖަލު ހުކުމެއް
ހަސީނާގެ ބޭންކް ލޮކަރުން 10 ކިލޯގެ ރަން ނަގައިފި
ހަސީނާ ހަވާލުކުރަން ބަންގްލާދޭޝްއިން އިންޑިއާގައި އެދެފި
ޝައިހް ހަސީނާ މަރަން ހުކުމްކޮށްފި
މަރުގެ ހުކުމް އަންނަ ކުށް ހަސީނާއަަށް ސާބިތުވެއްޖެ
ހަސީނާއަށް ފަހު ވެސް ބަންގްލާދޭޝްގައި ސިޔާސީ މަރުތައް