Roadha Mihaaru
ބަންގްލަދޭޝްގެ ހަމަނުޖެހުންތަކާ ހެދި ދަތުރުތައް ކެންސަލް

ހަމަނުޖެހުންތަކާ ހެދި މޯލްޑިވިއަނުން ބަންގްލަދޭޝްގެ ދަތުރުތައް މެދުކަނޑާލައިފި

06 އޯގަސްޓް 2024

މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އައި ދަތުރުތައް އެ ގައުމުގައި މިހާރު ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ހެދި މެދުކަނޑާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުން އައި ދަތުރުތައް އެ ގައުމުގައި މިހާރު ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ހެދި މެދުކަނޑާލައިފި އެވެ.

ގައުމީ އެއާލައިނުން އެކްސްގައި މިއަދު ބުނީ، ދަތުރުތައް ހުއްޓާލި ނަމަވެސް އެ ގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. ސިޔާސީ ހަމަނުޖެހުންތަކާ ހެދި ބަންގްލަދޭޝްގެ އެއާޕޯޓު ވަނީ ހަ ގަޑި އިރަށް ބަންދުކޮށްފަ އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި އެ އެއާލައިނުން އަބަދުވެސް އެންމެ އިސްކަން ދެނީ ކްރޫއިންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.

ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނަގަން ގެންގުޅޭ އުސޫލާ މެދު ހިތްހަމަނުޖެހިގެން އެގައުމުގެ ޔުނިވާސިޓީތަކުގެ ދަރިވަރުން މިދިޔަ މަހު ފެށި މުޒާހަރާތައް އިއްޔެ ނިމުމަކަށް އައީ ބޮޑުވަޒީރު ޝައިހް ހަސީނާ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވާ ހާލަތުކުރިމަތިވެގެންނެވެ. އެ ހަލަބޮލިކަމުގެ ތެރެއިން ހަސީނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އަސްކަރިއްޔާ އިން ވަނީ ވަގުތީ ސަރުކާރެއް އެކުލަވާލަން ނިންމައިފަ އެވެ.