މޯލްޑިވިއަން އިން އިތުރު މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
09 ޖެނުއަރީ 2024
މޯލްޑިވިއަން އިން އިތުރު މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ހަ އަހަރަށް ކުއްޔަށް ނަގަން ބޭނުންވާ ކަމަށެވެ. މިއީ 250 ސީޓުގެ މަތިންދާބޯޓެކެވެ.
މިދިޔަ ޑިސެމްބަރު 31 ގައި ވެސް އައިލެންޑް އޭވިއޭޝަނުން ވައިޑް-ބޮޑީ މަތިންދާބޯޓެއް ހޯދަން އިއުލާނުކޮށްފަ އެވެ. އެފަހަރު ހޯދަން އިއުލާނުކުރީ ފަސް އަހަރުގެ މުއްދަތަށް އެއާބަސް އޭ330-220 މަރުކާގެ މަތިންދާބޯޓެކެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 ގެ ކުރިން ބިޑް ހުށަހަޅަން ވަނީ އެދިފަ އެވެ.
ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. ވައިޑް-ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ.
މިވަގުތު އެ އެއާލައިންގެ ފްލީޓުގައި 14 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
ޓެކްނިކަލް މައްސަލައަކާ ހެދި ޑާކާ ދަތުރު ކެންސަލް!
ލޯނު ނަގައިގެން ވިޔަސް ބޯޓުތައް ބަދަލުކުރުން ލަސްވެއްޖެ
މޯލްޑިވިއަން އިން މެލޭޝިއާގެ ޓިކެޓް 399 ޑޮލަރަށް
މޯލްޑިވިއަނުން ލަންކާއަށް އަލުން ދަތުރުތައް ފަށައިފި
ފްލައިޓްޑިލޭވުމުން ވަކިކުރި މީހާއަށް ހައިކޯޓުން ކާމިޔާބު
އައިލެންޑް އޭވިއޭޝަނުން ހިދުމަތްދޭ ވަގުތު މަދުކޮށްފި
އައިއޭއެސް މި ދަނީ ކޮން ދިމާލަކަށް؟ ޖަވާބެއް ބޭނުން!