Roadha Mihaaru
އޮލިމްޕިކްސްގައި ކޮވިޑްގެ 40 އަށް ވުރެ ގިނަ ކޭސް

އޮލިމްޕިކްސްގައި ކޮވިޑް ކޭސްތަކުގެ އަދަދު 40 އިން މައްޗަށް

07 އޯގަސްޓް 2024

ޕެރިސް (އޮގަސްޓް 6) - ފްރާންސްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގައި 40 އަށް ވުރެ ގިނަ އެތުލީޓުންނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޕެރިސް (އޮގަސްޓް 6) - ފްރާންސްގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގައި 40 އަށް ވުރެ ގިނަ އެތުލީޓުންނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި، ކޮވިޑް-19 ފަތުރާ ވައިރަސް އަދިވެސް ގައުމުތަކުގެ މެދުގައި ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. އެއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން އެ އިދާރާއިން އިލްތިމާސް ކޮށްފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ފެތުންތެރިޔާ އެޑަމް ޕީޓީ، 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން ރިހި މެޑަލް ހޯދިތާ އެއް ދުވަސް ފަހުން އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މީގެ އިތުރުން އޮސްޓްރޭލިއާ އިން 1500 މީޓަރު ފްރީސްޓައިލް އިވެންޓުން މެޑަލް ހޯދުމުގެ އަމާޒުގައި ފޮނުވި ފެތުންތެރިޔާ ލާނީ ޕަލިސްޓާ ވަނީ ބަލިވެގެން އެ އިވެންޓުން ވަކިވެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ނަގާފައިވާ 84 ގައުމެއްގެ ސްޓެޓިސްޓިކްސް އިން ދައްކާގޮތުން، ކޮވިޑް ފަތުރާ ސާސް-ކޯވް-2 އަށް ޕޮޒިޓިވްވާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

"މިއީ ފަރުވާތެރިވުން މުހިއްމު މައްސަލައެއް. ވައިރަސް އަންނާނީ ބަދަލުވަމުން ނުރައްކާވަމުން. މީގެ ސަބަބުން މިހާރަށް ވުރެ ނުރައްކާތެރި ވައިރަސް އެއް އުފެދިދާނެ،" ޑަބްލިއުއެޗްއޯގެ އެޕިޑެމިކް އެންޑް ޕެންޑަމިލް ޕްރިޕެއާޑްނެސް އެންޑް ޕްރިވެންޝަން ޜިރެކްޓަރު މާރިއާ ވެން ކާކޯވް ބުންޏެވެ.

"މޫސުމަށް ނުބަލައި، ގިނަ ގައުމުތަކުން އަންނަނީ އަދިވެސް ކޮވިޑް-19 ތަޖުރިބާ ކުރަމުން، މިހާރު އޮލިމްޕިކްސްގައި އެކަނި ވެސް 40 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ޕޮޒިޓިވް ވެފައި. އަހަރެން ހައިރާނެއް ނުވޭ. އެއީ ކުރިން އަހަރެން ބުނެފައި އޮންނާނީ، ގައުމުތަކުގައި މި ވައިރަސް ފެތުރޭ ވާހަކަ."