Roadha Mihaaru
މޮރޮކޯއަށް  ލޯ މެޑަލް، ރަހީމީއަށް އޮލިމްޕިކް ރެކޯޑެއް

އޮލިމްޕިކްސް ފުޓްބޯޅައިގެ ލޯ މެޑަލް މޮރޮކޯ އަށް، ރަހީމީއަށް އޮލިމްޕިކްސްއި ރެކޯޑެއް

09 އޯގަސްޓް 2024

ނޯންޓްސް (އޮގަސްޓް 9) - ތިންވަނަ ހޮވަން ކުޅުނު ބްރޯންޒް މެޑަލް މެޗުގައި 6-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މިސްރު ބަލިކޮށް، މޮރޮކޯ އިން އޮލިމްޕިކްސްގެ ފުޓްބޯޅައިން ފުރަތަމަ ފަހަރަށް މެޑަލް ހޯދައިފި އެވެ.

ނޯންޓްސް (އޮގަސްޓް 9) - ތިންވަނަ ހޮވަން ކުޅުނު ބްރޯންޒް މެޑަލް މެޗުގައި 6-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މިސްރު ބަލިކޮށް، މޮރޮކޯ އިން އޮލިމްޕިކްސްގެ ފުޓްބޯޅައިން ފުރަތަމަ ފަހަރަށް މެޑަލް ހޯދައިފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު މޮރޮކޯއިން ނިންމާލީ އަބްދޭ އެޒަލްޒޫލީ އާއި ރަހީމީގެ ގޯލުތަކުން ދެ ގޯލުގެ ލީޑެއް ނަގައިގެންނެވެ. ދެވަނަ ހާފުގައި ވެސް ރަހީމީ ގޯލެއް ޖެހި އެވެ. ބިލާލް އަލް ޚަނޫސް އާއި އަކްރަމް ނަޤާޝް ވެސް ފަހު ހާފުގައި ގޯލު ޖެހި އެވެ. ކެޕްޓަން އަޝްރަފް ހަކީމީ ގޯލް ޖެހީ މެޗު ނިމެނިކޮށް ލިބުނު ހިލޭޖެހުމަކުންނެވެ.

ރޭ ކުޅުނު މެޗުގައި، މޮރޮކޯގެ ފޯވާޑް ސުފިއާން ރަހީމީ ވަނީ އެޓީމަށް ދެ ގޯލު ޖަހައިދީ، މުބާރާތުގައި ކުޅުނު ހަ މެޗުގައި ވެސް ގޯލް ޖެހުމުގެ ޝަރަފް ހޯދައިފަ އެވެ.

ގުރޫޕް ސްޓޭޖުގައި އާޖެންޓީނާ ކޮޅަށް ދެ ގޯލު ޖަހައި، ޔޫކްރޭނާއި އިރާގު ކޮޅަށް ވެސް ގޯލު ޖެހި އެވެ. ކުއާޓާ ފައިނަލްގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗާއި ސެމީ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ޖެހި ގޯލާ އެކު އޭނާ ވަނީ މުބާރާތުގައި ޖުމްލަ އަށް ގޯލު ޖަހާފަ އެވެ.

މުބާރާރުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ވެސް އޭނާ އެވެ. ލަނޑު ލިސްޓުގައި އޭނާއާ އެންމެ ގާތުގައި އޮތީ ފްރާންސްގެ ޖިއާން ފިލިޕޭ މަޓޭޓާ އާއި ސްޕެއިންގެ ފާމިން ލޮޕޭޒް އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔޫއޭއީގެ އަލް އައިން އަށް ކުޅޭ އޮލިމްޕިކްސްގެ ބްރޯންޒް މެޑަލް ހޯދި މޮރޮކޯގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނި އުމުރުން ދޮށީ ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ އުމުރުން 28 އަހަރުގެ ރަހީމީ އެވެ. މިހާތަނަށް ޔޫރަޕްގެ އޭނާ ކުޅެފައެއް ނުވެ އެވެ. އަލް އައިން އަށް އޭނާ ބަދަލުވީ 2021 ގަ އެވެ. އޭގެ ކުރިން ކުޅުނީ މޮރޮކޯ ލީގުގަ އެވެ.