އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރާ ބިލާ މެދު ގޮތެއް ނިންމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ނުގެންދާ ސަބަބު ސާފުކޮށްދިނުމަށް އެ ބިލް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.
08 އޯގަސްޓް 2024
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރާ ބިލާ މެދު ގޮތެއް ނިންމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ނުގެންދާ ސަބަބު ސާފުކޮށްދިނުމަށް އެ ބިލް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މީކާއިލް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް މެއި 29، 2024 ގައި ހުށަހެޅުއްވި ބިލް ތަޅުމުން ފާސްކޮށް، ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށެވެ.
އެކަމަކު، އެ ބިލް 241 ކޮމިޓީ އަށް ފޮނުވިތާ 59 ދުވަސްވެފައިވާ އިރު އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކުރިޔަށް ގެންގޮސްފައި ނުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން ބިލުގެ މަސައްކަތް ކޮމިޓީގައި އެޖެންޑާ ވެސް ނުކޮށް އޮތް ސަބަބު ސާފުކޮށްދިނުމަށް އެދެން،" އެ ސިޓީގައި މީކާއިލް އެދިވަޑައިގަތެވެ.
ފަލަސްތީނުގައި ހިނގާ ގަތުލުއާންމާ ދެކޮޅަށް މީކާއިލް ހުށަހެޅުއްވި އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތުމަށް ފާސްވީ ސަރުކާރު ހިންގާ ޕީއެންސީގެ ވެސް ތާއީދާއެކު 87 މެންބަރުންގެ ވޯޓުންނެވެ.
އޭގެ ފަހުން އެ މަސައްކަތް ކޮމިޓީގައި ކުރިޔަށް ނުގެންދިޔަ ނަމަވެސް ސަރުކާރުން ވަނީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރަން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރަން ނިންމައި އެކަން އިއުލާން ކޮށްފަ އެވެ. އަދި އެ މައްސަލަ ދުނިޔޭގެ ސަމާލު ކަމަށް ވެސް އައެވެ.
އެކަމަކު، އެ މަސައްކަތް ނުކޮށް ހުއްޓިފައި ވަނިކޮށް، އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ މީކާއިލް ހުށަހެޅުއްވި ބިލު އޮތް ގޮތަށް ފާސްކޮށްފި ނަމަ ރާއްޖެ އަށް އުނދަގޫތަކެއް ވާނެ އެވެ.
އެ ބިލުގައި މިހާރު އޮތީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިޒްރޭލް ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށް ވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ.
ނަމަވެސް ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ އަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް އުޝާމް ވިދާޅުވެފައި ވެ އެވެ. އޭގެ އެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލް ޕާސްޕޯޓުގައި ވަރަށް ގިނަ ފަލަސްތީން ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމެވެ.
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ
ޕާސްޕޯޓް މަނާކުރުމަށް މީކާއިލް ހުށަހެޅުއްވި ބިލް މާދަމާ
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން އަވަސްކުރަނީ
އިޒްރޭލް ޕާސްޕޯޓު މަނާކުރުން: އިދާރާތައް ހާޒިރުކުރަނީ
އިޒްރޭލު ޕާސްޕޯޓް ބިލުގެ މަސައްކަތް ކުރިއަށް ދާނެ
އިޒްރޭލް ޕާސްޕޯޓާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް!