Roadha Mihaaru

ހުޅުމާލެ 2 ގައި ބުޓީކް ހޮޓެލް އިމާރާތްކޮށް، ހިންގާނެ ބަޔަކު ހޯދަނީ

ހުޅުމާލެ 2 ގައި ބުޓިކް ހޮޓެލް އިމާރާތްކޮށް އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕެރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބުޓީކް ހޮޓެލް އިމާރާތްކޮށް ހިންގަން ހުޅުވާލައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 އޯގަސްޓް 2024

ހުޅުމާލެ 2 ގައި ބުޓިކް ހޮޓެލް އިމާރާތްކޮށް އެ ތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕެރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން ތިން ބުޓީކް ހޮޓާ އިމާރާތްކުރާނެ އެވެ. މަޝްރޫއު ހަވާލުކުރުމުގައި އިސްކަން ދޭނީ ލޭންޑް ލީސް މޮޑެލަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެކަކަށް ވުރެ ގިނަ ބަޔަކު އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ މަސައްކަތް ހަވާލުކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.

އެ އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނީ ކުންފުނީގެ މާލީ ގާބިލުކަމާއި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ފަދަ ކަންކަމަށެވެ.

އެޗްޑީސީން ބުނި ގޮތުގައި، ހުޅުމާލެ 2 ގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި ބުޓީކު ހޮޓެލް އިމާރާތްކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީއޯއައި ހުށަހަޅަން ޖެހެ އެވެ.