Roadha Mihaaru
މީހުން ހައްޔަރުކުރީ ސަފީރުންނަށް އުނދަގޫ ކުރާތީ:ޕޮލިސް

އެމްބަސީ ކައިރިއަށް އެއްވި މީހުން ހައްޔަރުކުރީ ސަފީރުންނަށް އުނދަގޫ ކުރާތީ: ޕޮލިސް

28 އޯގަސްޓް 2024

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ އަންހެނަކު މިއަދު ހައްޔަރުކުރީ އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރާތީ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދެ އަންހެނަކު މިއަދު ހައްޔަރުކުރީ އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އަމަލު ކުރާތީ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލު އާންމާ ދެކޮޅަށް ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލަމުންދާ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދު މެންދުރުފަހު އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ އެއްވެ އުޅުމުގެ ގާނޫނާ ހިލާފުވުމުން ކަމަށެވެ. އެގޮތުން ޑިޕްލޮމެޓިކް އެމްބަސީތައް ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުން ކޮށްގެން ހަޅޭލެއްވުމާއި ބޭ އަދަބީ ބަހުން މުއާމަލާތު ކުރުމުގެ އިތުރުން އެމްބަސީތަކާއި ސަފީރުންނަށް އުނދަގޫވާ ގޮތަށް އެ މީހުން އަމަލު ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަން އެގޮތަށް ނުކުރަން ނަސޭހަތް ދިނުމުން އެކަން ނުހުއްޓާތީ އެ މީހުން ހައްޔަރުކުރީ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

މާލެ އާއި ހުޅުމާލޭގައި ހުންނަ ސަރުކާރުން އިދާރާ ތަކާއި އެމްބަސީތައް ކައިރީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމަށް ޝަޒްރާ އާއި ޝާދިޔާ ބޭނުންކުރި ބައެއް ސާމާނު.--

މާލެ އާއި ހުޅުމާލޭގައި ހުންނަ ސަރުކާރުން އިދާރާ ތަކާއި އެމްބަސީތައް ކައިރީ އިޒްރޭލާ ދެކޮޅަށް އަޑު އުފުލުމަށް ޝަޒްރާ އާއި ޝާދިޔާ ބޭނުންކުރި ބައެއް ސާމާނު.--

ޝަޒްރާ އާއި ޝާދިޔާ ހައްޔަރު ކުރުމުން އަދާލަތު ޕާޓީން ވަނީ އެކަން ކުއްވެރިކޮށްފަ އެވެ. އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލާއި އެކަމަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް މަސްޖިދުލް އަގްސާގެ ދިފާއުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމު ނޫން މީހުން ވެސް މި މައްސަލާގައި އިންސާނިއްޔަތަށްޓަކައި ވެސް އަޑު އުފުލަމުންދޭ،" އެ ޕާޓީން ބުންޏެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިންތިޒާމު ކޮއްގެން "ދިވެހިން ފަލަސްތީނާއެކު" ނަމުގައި ބޭއްވި ބޮޑު އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އިންތިޒާމު ކޮއްގެން "ދިވެހިން ފަލަސްތީނާއެކު" ނަމުގައި ބޭއްވި ބޮޑު އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެހެންވެ، ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުން ގެންދިޔަ ދެ އަންހެނުން ހައްޔަރު ކުރުމަކީ ވަރަށް ނާތަހުޒީބު އަދި ދީނީ ހަމަތަކުން ބެލި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިންތިހާ އަށް އަހައްމިއްޔަތުކަން ދެވިފައިވާ މި މައްސަލައިގައި ރައްޔިތުންގެ ވިންދާ ޝުއޫރާ ދުރަށް ސަރުކާރުން ދަތުރުކުރާ ކަމަށާއި އަދި ދިވެހި ސަރުކާރުން ފަލަސްތީނު ގަޒިއްޔާގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑް ބަދަލުވެފައިވާ ކަމަށް ބުނުމުގެ ޖާގަ އޮތް ކަމުގައި މި ޕާޓީން ދެކެން،" އެ ބަޔާނުގައިވެ އެވެ.

އިޒްރޭލު ގަތުލްއާއްމާ ދެކޮޅަށް ސިލްސިލާކޮށް ރާއްޖޭގައި މުޒާހަރާކުރާ އެ ދެ މީހުން ދޫކޮށްލުމަށް އެ ޕާޓީން ގޮވާލިއިރު، އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ.

ނަމަވެސް އެ ބިލް ފާސް ނުކުރާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.