Roadha Mihaaru
މެލޭޝިއާގެ ބޮޑު ހިޔާނާތުގައި ހިމެނޭ ބަޔަކު ޖަލަށް

މެލޭޝިއާގެ ބޮޑު ހިޔާނާތުގައި ހިމެނޭ ޕެޓްރޯސައޫދީގެ ދެ ވެރިޔަކު ޖަލަށް

29 އޯގަސްޓް 2024

ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 1.8 ބިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި ހިމެނޭ ޕެޓްރޯސައޫދީގެ ދެ އެގްޒެކެޓިވްއަކު ޖަލަށް ލާން އިއްޔެ ސްވިޓްޒަލެންޑުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 1.8 ބިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި ހިމެނޭ ޕެޓްރޯސައޫދީގެ ދެ އެގްޒެކެޓިވްއަކު ޖަލަށް ލާން އިއްޔެ ސްވިޓްޒަލެންޑުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ތެޔޮ ނެގުމާއި އުފެއްދުމުގެ މަސައްކަތްކުރާ ޕެޓްރޯސައޫދީ ޗީފް އެގްޒެކަޓިވް އޮފިސަރު ތާރިގް އުބައިދު ހަތް އަހަރަށް ޖަލަށް ލާން ފެޑެރަލް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާ އަކީ ސްވިސް/ސައޫދީ މީހެކެވެ.

ސްވިސް/ބްރިޓިޝް ޑިރެކްޓަރު ޕެޓްރިކް މަހޯނީ ވަނީ ހަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އުބައިދާއި މަހޯނީގެ މައްޗަށް އުފުލާފައިވަނީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އެޑްވައިޒަރެއް ކަމަށްވާ ޖޯ ލޯ އިސްވެ ހުރެ ހިންގި ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

ފަނޑިޔާރުން ވަނީ ހިނާޔަތްތެރިވި އަދަދު މެލޭޝިއާގެ ޖީޑީޕާ އަޅާކިޔުއްވައި ސުވާލުތައް ކުރުމަތިކޮށްފަ އެވެ. ފަނޑިޔާރުން ވިދާޅުވީ މިއީ "ގަރުނުގެ އެންމެ ބޮޑު ސްކޭމް" ކަމަށާއި މި ހިޔާނާތުގައި ބައިވެރިވި މީހުންނަކީ ދަހި ބައެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.

ނަޖީބުގެ ވެރިކަމުގައި 2009 ވަނަ އަހަރު 1އެމްޑީބީ އުފެއްދީ އިންވެސްޓްމަންޓް ބޭންކެއްގެ ގޮތުގަ އެވެ. އެ ބޭންކުން ކޮރަޕްޝަން ހިންގާކަން 2015 ވަނަ އަހަރުން ފެށިގެން ފަޅާއަރަން ފެށި އެވެ. މެލޭޝިއާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ. --އޭއެފްޕީ