Roadha Mihaaru
ދަރިންނާ ސިޔާސީ ކަންކަން ގުޅުވުމަކީ ދެރަކަމެއް: މާރިޔާ

ދަރިންގެ މަސައްކަތާ ސިޔާސީ ކަންކަން ގުޅުވުމަކީ ދެރަކަމެއް: މާރިޔާ

25 ޖެނުއަރީ 2022

ސިޔާސީ ކަންކަމާ ދަރިންނާ ގުޅުވުމަކީ ދެރަކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ ކަންކަމާ ދަރިންނާ ގުޅުވުމަކީ ދެރަކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެއްގޮތަށް ވިދާޅުވީ، ދަރިކަލުން އިނގިރޭސި ވިލާތުން އަގު ބޮޑު ގެއެއް ބައްލަވައިގެންފައިވާ ކަމަށް ބުނެ އެކަމާ ބެހޭގޮތުން ނޫސްވެރިއަކު އޭނާއާ ސުވާލު ކުރުމުންނެވެ.

އެކަމާ ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ދަރިކަލުންނަކީ އެއްވެސް އިރެއްގައި ދިވެހި ދައުލަތުގެ މަގާމެއް އަދާކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. ދަރިކަލުންނަކީ އުމުރުން 40 އަހަރު ފުރިފައިވާ އަދި އިނގިރޭސި ވިލާތުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެހެންވެ، އޭނާގެ އާމްދަނީ އާއި މަސައްކަތް މި ސަރުކާރާ ގުޅުވުމަކީ ދެރަކަމެއް ކަމަށް މާރިޔާގެ ޓްވީޓްގައި ވެ އެވެ.

މާރިޔާގެ ޓްވީޓް

"އަޅުގަނޑުގެ 40 އަހަރުވީ ދަރިއެއްގެ މަސައްކަތާއި އޭނާގެ އާމްދަނީ މި ސަރުކާރާ ގުޅުވައި، އިންތިޚާބުތަކާ ދިމާކޮށް ހަދާ ސުރުހީއަކަށް ވުމަކީ ދެރަކަމެއް،" މާރިޔާގެ ޓްވީީޓްގައިވެ އެވެ.

މާރިޔާގެ ޓްވީޓްގައި ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރާ ނަމަ، އެކަން އެންޓި ކޮރަޕްޝަން (އޭސީސީ) އަށް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.