Roadha Mihaaru
ކިމް މަރާލި މީހުންގެ ޝަރީއަތް ދެން ފަށާނީ ޖެނުއަރީގައި

ކިމް މަރާލި މީހުންގެ ޝަރީއަތް ދެން ފަށާނީ ޖެނުއަރީގައި

11 ނޮވެމްބަރ 2018

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 11) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ދެ އަންހެނުންގެ ޝަރީއަތް ދެން ފަށާނީ ޖެނުއަރީ މަހު ކަމަށް މެލޭޝިއާ އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (ނޮވެމްބަރު 11) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރާލި ދެ އަންހެނުންގެ ޝަރީއަތް ދެން ފަށާނީ ޖެނުއަރީ މަހު ކަމަށް މެލޭޝިއާ އިން ބުނެފި އެވެ.

ދެ އަންހެނުންގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މި މަހު އެވެ. ނަމަވެސް ޝަރީއަތް ފަސް ކުރަން ޖެހުނީ ދިފާއީ ވަކީލަކު ވަރަށް ބޮޑަށް ބަލިވުމުން ކަމަށް އޮފިޝަލުން ބުންޏެވެ.

ކިމް މަރާލި ކަމަށް ތުހުމަތުކޮށްފައި ވަނީ އިންޑޮނީޝިއާގެ ސިއްތީ އައިސިއާހް އާއި ވިއެޓްނާމުގެ ދޯ ތި ހުއަންގްގެ މައްޗަށެވެ. އެ ދެ އަންހެނުން ވަނީ ކިމް ފުރަން ގޮސް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ހުއްޓާ މޫނުގައި ވީއެކްސް ނާވް އެޖެންޓެއް ހިމެނޭ ފޮތިގަނޑެއް އަޅައިފަ އެވެ.

މެލޭޝިއާ އެއާޕޯޓުގައި މަރާލި ކިމް ޖޮން-ނަމް. --ފޮޓޯ:އޭއެފްޕީ

މެލޭޝިއާ އެއާޕޯޓުގައި މަރާލި ކިމް ޖޮން-ނަމް. --ފޮޓޯ:އޭއެފްޕީ

ކިމް މަރާލިތާ އަށް މަސް ފަހުން އެ ދެ މީހުންގެ ޝަރީއަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ޝަރީއަތް ކުރިއަށްދާލެއް ލަސްވަނީ މައްސަލާގައި ހެކި ބަސް ނަގަން ޖެހޭ މީހުން ގިނަވުމުން ކަމަށް މެލޭޝިއާ އިން ބުންޏެވެ.

ކިމް މަރާލި ކަމަށް ދެ އަންހެނުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ މެލޭޝިއާގެ މިހާރުގެ ގާނޫނުތައް އޮންނަ ގޮތުން އެ ދެ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ. ނަމަވެސް މެލޭޝިއާގެ އާ ސަރުކާރުން މިހާރު ވަނީ މަރުގެ އަދަބު ދިނުން އުވާލާނެ ކަމަށް ބުނެފަ އެވެ.