Roadha Mihaaru
ފޭކް ސެޓްފިކެޓްތަކެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅަނީ

ފޭކް ސެޓްފިކެޓްތަކެއްގެ މައްސަލަ އެމްކިއުއޭ އިން ޕޮލިހަށް ހުށަހަޅަނީ

30 އޯގަސްޓް 2024

ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ ދެ މަރުކަޒަކުން ދޫކޮށްފައިވާ ކަމަށް ބުނާ ފޭކް ސަނަދުތަކެއްގެ މައްސަލަ ތަހުގީގުކޮށްދޭން ޕޮލިހަށް ހުށަހަޅަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ހިދުމަތަކަށް އެދި ދެ މީހަކު ހުށަހަޅާފައިވާ ލިޔުންތަކަކާ އެކު މަތީ ތައުލީމްދޭ ދެ މަރުކަޒެއްގެ ފޭކް ސަނަދެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެ ފަރާތްތަކާ ކުރެވުނު މަޝްވަރާތަކުގައި އެއީ ފޭކް ސަނަދުތަކެއް ކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެތެރެއިން އެއް ސަނަދަކީ ޓީޗިން ދާއިރާއާ ގުޅުންހުރި ސަނަދެއް ކަމަށްވާތީ، ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާ ދިނުމުގައި ސަމާލުކަން ދިނުމަށް އެމްކިޔުއޭ އިން އެދެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްކިޔުއޭ އިން ބުންޏެވެ.