Roadha Mihaaru
ޒޯން ބަދަލުކުރަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ

ޒޯން ބަދަލުކުރަންޖެހޭ ވެހިކަލްތަކުގައި ސްޓިކާ ޖަހައި، ޕާކިން ޒޯނަށް ގެންދަން މުއްދަތެއް ދޭން ފަށައިފި

16 ސެޕްޓެމްބަރ 2024

އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި އެވެ.

ފުލުހުން ބުނީ އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. އެހެންވެ، އެފަދަ އުޅަނދުތަކުގައި ސްޓިކާ ޖަހައި، އެ އުޅަނދުތަކަށް މިހާރު ކަނޑައަޅާފައިވާ ޕާކިން ޒޯނަށް ގެންދިއުމަށް އަންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"ސްޓިކާ ހަރުކުރެވޭ އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ ސްޓިކާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން އުޅަނދު ނެގުމަށް ދަންނަވަމެވެ،" ފުލުހުން ބުނެ އެވެ.

މި އުޅަނދުތައް ޕާކުކުރުމަށް ދީފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ފްލެޓްތަކުގެ ކުރިމަތީ އޮންނަ ހުސް ބިމެކެވެ. އެޗްޑީސީން ވަނީ 40،000 އަކަފޫޓުގެ އެ ހުސް ބިން، މިިދިޔަ މަހުގެ 21 ގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮޮށްފަ އެވެ.

އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް އެތަނަށް ގެންދަން ޖެހެނީ އަމިއްލައަށެވެ. އެ ބިމުގައި ބާއްވައިގެން ރަޖިސްޓްރީ ބަދަލުކުރަން ހަ މަސް ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

އެހެން ޒޯންތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ އުޅަނދާއި ރަޖިސްޓްރީ ފުރިހަމަ ނުކުރާ އުޅަނދުތައް މާލޭ ސަރަހައްދަށް ގިނަ އަދަދަކަށް އިތުރުކޮށްފައިވެ އެވެ. އެ ވެހިކަލްތައް ޕާކިން ޒޯނަށް ގެންދަން ލިބޭނީ 40 ދުވަސް ކަމަށް ކުރިން މިނިސްޓްރީން ބުންޏެވެ.

އެ މުއްދަތުގައި އެގޮތަށް އަމަލުނުކޮށްފި ނަމަ، ވެހިކަލް ޓޯކުރާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ވަނީ ދީފަ އެވެ.

ޕާކުކުރަން ބޮޑު ބިމެއް ދިން ނަމަވެސް މިހާތަނަށް ވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބެމުން ނުދެ އެވެ. އެ ޕާކިން ޒޯނަށް ގެންގޮސްފައި ވަނީ މަދު އުޅަނދެކެވެ.