ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި 209 ހަތީބުން ތަމްރީނުކޮށް، އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
31 އޯގަސްޓް 2024
ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި 209 ހަތީބުން ތަމްރީނުކޮށް، އެކަމުގެ ލިޔުން ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މިއަދުހަވީރު ބޭއްވި ޖަލްސާގައި ހަތީބުންނަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު މުހައްމަދު ލަތީފާއި ފަތުވާ މަޖިލީހުގެ މެމްބަރު އިލްޔާސް ހުސެއިން އަދި ސްޓޭޓް މިނިސްޓަރު ޑރ. މޫސާ އަންވަރެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މިހާތަނަށް 300 އަށް ވުރެ ޒުވާނުން ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެކަމުން އެނގެނީ އެ ޕްރޮގްރާމަކީ މުޖުތަމައަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި އެ މިނިސްޓްރީގެ އިސްވެރިން، ޒުވާން ހަތީބުން ޕްރޮގްރާމުގެ ދެވަނަ ބެޗު ނިންމި ދަރިވަރުންނާ އެކު.
ސަރުކާރުން އަމާޒު ހިފާފައި ހުރީ މި ދައުރުގެ ތެރޭގައި 1000 ހަތީބުން ތަމްރީނު ކުރުމަށެވެ. ޝަމީމް ވިދާޅުވީ އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަަމަށެވެ. އަދި ވަރަށް އަވަހަށް އެ ޕްރޮގްރާމުގެ ތިން ވަނަ ބެޗު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު، ޒުވާން ހަތީބުން ޕްރޮގްރާމު ފުރިހަމަކުރި ކުދިންނަށް ލިޔުން ހަވާލުކުރުމަށް ފަހު ޖަލްސާގައި ވާހަކަ ދައްކަވަނީ.
މި ޕްރޮގްރާމުގެ ދަށުން ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުން ފަދަ ދީނީ އެހެން ތަމްރީނުތައް ވެސް ދެ އެވެ. ސްކޫލު ނިމިފައިވާ ޒުވާނުންނާއި ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ދަރިވަރުން ވެސް ދަނީ މި ޕްރޮގްރާމުގައި ބައިވެރިވަމުންނެވެ.
އިސްލާމީ ސަގާފަތާ ތައާރުޒު ނުވުމަށް ޝަހީމް އެދިއްޖެ
ގަވާއިދާ ހިލާފަށް ހައްޖުގެ ފުރުސަތެއް ނުދެން: ޝަހީމް
ފައިސާ ދެއްކިފަހުން އުމްރާއަށް ނުގެންދެވޭކަން އަންގައިފި
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް 27 ގައި
އާ ޑިޒައިންތަކަކަށް ހަ ރަށެއްގައި މިސްކިތްތައް އަޅަނީ
އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ ހަތަރު ޒުވާނުން
މިހާތަނަށް ޖޫރިމަނާ ދެއްކީ 3 ކުންފުނިން: މިނިސްޓްރީ
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
އުމްރާއަށް ދިޔަ 24 މީހަކު ރާއްޖެ ނާދެވިފައި
ކިޔަވަން ޒަކާތު ފަންޑުން އެހީ ދޭ ގޮތްތައް އިތުރުކޮށްފި