ދެކުނު އެފްރިކާގައި މިދިޔަ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 6،200 މީހަކު މަރާފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުން ދައްކައިފި އެވެ.
ދެކުނު އެފްރިކާގައި މިދިޔަ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 6،200 މީހަކު މަރާފައިވާ ކަމަށް މިދިޔަ ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުން ދައްކައިފި އެވެ.
އާ ކޯލިޝަން ސަރުކާރުން ކުށުގެ އަމަލުތަކާ ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ފަށަން ހަމަޖައްސާފައި ވާއިރު ޕޮލިސް މިނިސްޓަރު ސެންޒޯ މުޗުނޫ ވިދާޅުވީ އޭޕްރީލް މަހުން ފެށިގެން ތިން މަސް ތެރޭ 6،198 މީހަކު މަރާލާފައި ވާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަޅާއިރު 0.5 ޕަސެންޓު މަދު އަދަދެއް ކަމަށެވެ.
"މި ނަންބަރުތަކަކީ ހިތާމަވެރި ވާހަކަތަކެއް. މި މައްސަލަ އޮތް ބޮޑުކަން މި ނަންބަރުތަކުން ދައްކައިދޭ،" ކޭޕް ޓައުންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވި އެވެ.
ދެކުނު އެފްރިކާ އަކީ ވެސް އާބާދީގެ ނިސްބަތުން ބަލާއިރު، ހަނގުރާމައެއް ނެތި އެންމެ ގިނަ އަދަދަކަށް މީހުން މަރާ އެއް ގައުމެވެ.
މީހުން މެރުން ކުޑަކޮށް މަދުވެފައި ވިޔަސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ރޭޕްގެ މައްސަލަތައް ވަނީ 0.6 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަންހެނުންނާއި ކުޑަކުދިންނާ މެދު ޖިންސީ އަނިޔާވެރި ކުށްތައް ހިންގުމުގައި ވެސް ދެކުނު އެފްރިކާ އަކީ އެންމެ ނުރައްކާ އެއް ގައުމެވެ.
އޭޕްރީލް އާއި ޖޫން މަހާ ދެމެދު ރޭޕްގެ 9،309 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ފަށާފައި ވާއިރު ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގަނެވިފައިވާ ކަމަށާއި ޑްރަގާ ގުޅޭ 44،735 މައްސަލަ ރެކޯޑްގައި އެބަހުރި ކަމަށެވެ. -- އޭއެފްޕީ
އުދައްޔުގެ މަރު:ސަލާމަތްވި މީހާގެ މައްސަލަ ހައި ކޯޓަށް
އަސީލް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހައި ކޯޓަށް
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
އުދައްޔުގެ މަރު: ދެ މީހުން މެރުމަށް ހުކުމްކޮށްފި
މާވަށު ގާތިލަށް ކުރީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ
މާވަށު މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވައިފި
ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަހުން ނިންމަނީ
އުދައްޔުގެ މަރު: ދެ މީހަކަށް ކުށް ސާބިތުވެއްޖެ