Roadha Mihaaru
ފާޑު ކިޔުންތަކަށް މެމްބަރު ނާޝިދު ރައްދު ދެއްވައިފި

ފާޑު ކިޔުންތަކަށް މެމްބަރު ނާޝިދު ރައްދު ދެއްވައިފި

28 ފެބުރުއަރީ 2017

ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ފ. އަތޮޅުގައި ހިންގަން ރާވާފައިވާ މަޝްރޫއާ ބެހޭ ގޮތުން، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރިމަތިވާ ފާޑުކިޔުންތަކަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސައޫދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ފ. އަތޮޅުގައި ހިންގަން ރާވާފައިވާ މަޝްރޫއާ ބެހޭ ގޮތުން، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރިމަތިވާ ފާޑުކިޔުންތަކަށް އޭނާ މިއަދު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ނާޝިދު ވިދާޅުވީ، ސައޫދީގައި ތެލުގެ ވިޔަފާރީގައި ކުރިއަރައިގެން ނުދާތީ ދުނިޔޭގެ އެކި ތަންތަނުން ބިން ގަނެގެން ދުބާއީގެ މޮޑެލް އަށް ވިޔަފާރިކުރަން ޝައުގުވެރިކަން ދެ އެވެ. އެހެންވެ ސައޫދީގެ ބޭފުޅުން ރާއްޖެ ވަޑައިގެން، ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ވިޔަފާރި ކުރުމަށް މަރުހަބާ ވިދާޅުވާނެ ކަމަށް ނާޝިދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ފ. އަތޮޅުގައި ސައޫދީން ހިންގަން އުޅޭ މަޝްރޫއާ ގުޅޭ މައުލޫމާތު، މާލިއްޔަތު ކޮމެޓީ އަށް ވަޒީރުން ހާޒިރު ކުރައްވައިގެން ސާފުކުރުމަށް ނާޝިދު ބާރު އެޅުއްވި އެވެ.

ނާޝިދު ކޮމެޓީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވުމަށް މިއަދު ނެރުއްވި ނޫސްބަޔާނުގައި އޭނާ ވިދާޅުވީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެހެން ފަރާތްތަކުން އޭނާގެ ވާހަކަތަކުގެ މަފްހޫމް އޮޅޭ ގޮތަށް ވާހަކަ ފަތުރައި ހުތުރު ބަހުން މުއާމަލާތް ކުރަމުންދާ ކަމަށެވެ.

"މިކަމަކީ މިނިވަން ދިމިގްރާތީ ނިޒާމެއްގައި ކަން އޮންނަން ޖެހޭނެ ގޮތެއް ނޫން ކަމާއި މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ދެކެމެވެ،" ނާޝިދުގެ ބަޔާނުގައި ވެ އެވެ.

މަޖިލިހުގެ ކޮމެޓީއެއްގައި ނާޝިދު ވާހަކަ ދައްކަވަނީ: ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގައި އިއްޔެ އޭނާ ދެއްކެވި ވާހަކަތަކަށް އަންނަ ފާޑުކިޔުންތަކަށް މިއަދު ރައްދު ދެއްވި.---މިހާރު ފައިލް ފޮޓޯ

މަޖިލިހުގެ ކޮމެޓީއެއްގައި ނާޝިދު ވާހަކަ ދައްކަވަނީ: ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމެޓީގައި އިއްޔެ އޭނާ ދެއްކެވި ވާހަކަތަކަށް އަންނަ ފާޑުކިޔުންތަކަށް މިއަދު ރައްދު ދެއްވި.---މިހާރު ފައިލް ފޮޓޯ

އޭޑީކޭގެ ޗެއާމަން ނާޝިދު ވިދާޅުވި ގޮތުގައި މިފަދަ މުހިންމު ޕްރޮޖެކްޓާ ގުޅޭ ތަފްސީލް މައުލޫމާތު ނެތީސް، ވަކި ގޮތެއް ނިންމައިގެން ތިބުމަކީ އޭނާ ގަބޫލު ކުރައްވާ ހަމަތަކާއި އުސޫލުތަކާ ހިލާފު ކަމެކެވެ. އަދި ފ. އަތޮޅުގެ މަޝްރޫއާ ގުޅޭ ހުރިހާ މައުލޫމާތެއް ސަރުކާރުން ހިއްސާ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް މިހާތަނަށް އޭނާ ދެއްވި ހަމައެކަނި ވޯޓަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރުމަށް ދެއްވި ވޯޓު. އަދި އެ ވޯޓު އެގޮތަށް ދެއްވުނީމާ އެކަމާ މިއަދު ވެސް ފަހުރުވެރިވާ ކަމަށް ނާޝިދު ވިދާޅުވި.

މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ނާޝިދު ވިދާޅުވީ ފ. އަތޮޅުގައި ސައުދީގެ ޝާހީ އާއިލާގެ ބޭފުޅުންތަކެއް ހިންގަން ޝައުގުވެރިވެފައިވާ އިންވެސްޓްމަންޓަކީ ގާނޫނުއަސާސީގެ 15 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އޫސޫލުގެ ދަށުން ހިންގާ މަޝްރޫއެއް ނަމަ، އެއީ ވަރަށް ފައިދާ ހުރި މުހިންމު ކަމެއް ކަމަށެވެ.

މަޝްރޫއުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ލިބި އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޝިދުގެ ބަޔާނުގައި ވިދާޅުވީ ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ބަހުސް ކުރިއިރު، އެ އިސްލާހަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ. އެމްޑީޕީން ބޭނުންވާ ކަންކަން އެ އިސްލާހަށް ތާއީދުކޮށްގެން ހާސިލް ނުވާނެ ކަމަށް ވެސް ޕާލަމެންޓްރީ ގުރޫޕުގައި ވިދާޅުވި ކަމަށް ނާޝިދު ފާހަގަކުރެއްވި އެވެ. އަދި އެމްޑީޕީގެ 10 މެމްބަރެއްގެ ވޯޓާއެކު އިސްލާހު ފާސްކުރިއިރު، އެއަށް އޭނާ ވޯޓު ނުދެއްވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް މިހާތަނަށް ދެއްވި ހަމައެކަނި ވޯޓަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަގާމުން ވަކި ކުރުމަށް ދެއްވި ވޯޓެވެ. އަދި އެ ވޯޓު އެގޮތަށް ދެއްވުނީމާ އެކަމާ މިއަދު ވެސް ފަހުރުވެރިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.

މި މަހުގެ 21 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް އަދީބު ހާޒިރުކުރަނީ: ނައިބު ރައީސްކަމުން އަދީބު ވަކިކުރުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އޭޑީކޭ ނާޝިދު ވޯޓު ދެއްވީ އެއާ ޚިލާފަށް. ނާޝިދު ވިދާޅުވީ އެގޮތަށް އެ ވޯޓު ދެވުމުން ފަޚުރުވެރިވާ ކަމަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި މަހުގެ 21 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް އަދީބު ހާޒިރުކުރަނީ: ނައިބު ރައީސްކަމުން އަދީބު ވަކިކުރުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުނު ނަމަވެސް އޭޑީކޭ ނާޝިދު ވޯޓު ދެއްވީ އެއާ ޚިލާފަށް. ނާޝިދު ވިދާޅުވީ އެގޮތަށް އެ ވޯޓު ދެވުމުން ފަޚުރުވެރިވާ ކަމަށް.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެހެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަހުމަދު އަދީބާ މެދު ކުރެވުނު ތުހުމަތުތަކާއި އެ މައްސަލައާ ގުޅިގެން ހިންގުނު ތަހުގީގުތަކުން ފެންމަތިވެފައިވާ ކަންތައްތަކަކީ އެފަދަ މަގާމަކުން އޭނާ ވަކި ކުރަން ޖެހޭ ފަދަ ކަންތައްތަކެއް ކަމުގައި އަޅުގަނޑުގެ ޒަމީރު މިއަދުވެސް ގަބޫލުކުރާތީ އެވެ،" ނާޝިދު ވިދާޅުވި އެވެ.

އަދީބަށް ކުރި ކޮރަޕްޝަންގެ ތުހުމަތާއި އަދި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި އޭނާ ނައިބު ރައީސް ކަމުން ވަކިކުރުމަށް ވެރިކަންކުރާ ޕީޕީއެމް ކޯލިޝަނުން މަޖިލިހުގައި ވޯޓުދިން ނަމަވެސް އެމްޑީޕީން ތްރީލައިން ވިޕް ނެރުނީ އަދީބު ވަކި ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ވަކި ހާލަތެއް ފިޔަވައި ރާއްޖޭގެ ސަރަހައްދެއް އެއްވެސް ބައެއް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ދެވޭނީ 99 އަހަރަށެވެ. އެފަދަ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ އިންވެސްޓްމަންޓަކީ މަދުވެގެން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކަށް ވުމުގެ އިތުރުން އެ އިންވެސްޓްމަންޓްގައި ހިމެނޭ ބިމަކީ 70 ޕަސަންޓު އެ ޕްރޮޖެކްޓަށް ހިއްކާފައިވާ ބިމަކަށް ވާން ޖެހެ އެވެ. އަދި އެފަދަ ޕްރޮޖެކްޓަކީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ދީފައިވާ އަދި ގާނޫނުއަސާސީ އާއި ސަލާމަތީ ބާރުތައް ފުރިހަމަ އަށް އެ ސަރަހަައްދެއްގައި ހިނގާނެ މަޝްރޫއަކަށް ވާން ޖެހެ އެވެ.

ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް، މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްޑީޕީ މެމްބަރުން ވިދާޅުވި ގޮތުގައި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއަކަށް ހުރަސް އަޅަން އެ ޕާޓީން މަސައްކަތެއް ނުކުރާނެ އެވެ. އެކަމަކު ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ބަޔަކަށް ވިއްކުމަށް އެ ޕާޓީން ދެކޮޅު ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.