ރާއްޖޭގައި އެކްސްޕޯޓު އަދި އިމްޕޯޓު ވިޔަފާރިކުރާ ފަރާތްތަކަށް އެއް ޕްލެޓްފޯމަކުން ހިދުމަތް ލިބޭނެ ގޮތަށް "ޓްރޭޑިއަން" ގެ ނަމުގައި ނެޝަނަލް ސިންގަލް ވިންޑޯ ތައާރަފްކޮށްފި އެވެ.
03 ސެޕްޓެމްބަރ 2024
ރާއްޖޭގައި އެކްސްޕޯޓު އަދި އިމްޕޯޓު ވިޔަފާރިކުރާ ފަރާތްތަކަށް އެއް ޕްލެޓްފޯމަކުން ހިދުމަތް ލިބޭނެ ގޮތަށް "ޓްރޭޑިއަން" ގެ ނަމުގައި ނެޝަނަލް ސިންގަލް ވިންޑޯ ތައާރަފްކޮށްފި އެވެ.
މިއަދު ޖެން ހޮޓެލް ބޭއްވި ރަސްމިއްޔާތުގައި "ޓްރޭޑިން" ތައާރަފްކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
ޓްރޭޑިއަން މެދުވެރިކޮށް، މުދާ ރާއްޖެއަށް އެތެރެކޮށް އަދި ބޭރުކުރާ ފަރާތްތަކާ ގުޅޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓާއި ކަސްޓަމްސް އާއި އެމްޕީއެލް އާއި އިމިގްރޭޝަން ފަދަ ތަންތަނުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ވަކި އިދާރާތަކަށް ގުޅުމުގެ ބަދަލުގައި ޓްރޭޑިއަން މެދުވެރިކޮށް އެކަންކަން ކުރެވޭނެ އެވެ. ވެސަލް ރެޖިސްޓްރޭޝަނާއި އެރައިވަލް ނޯޓިސް، އޮންލައިން ޕޭމެންޓްތައް ދެއްކުމާއި ވެސަލް ޑެކްލެރޭޝަން އަދި ޑެލިވަރީ އޯޑާ ހެދުން ފަދަ ކަންކަން ޓްރޭޑިއަން އިން ކުރެވޭނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ވިޔަފާރީގެ ހިދުމަތްތައް އަވަސްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. ޓްރޭޑިއަން އަކީ އެކަމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"ރާއްޖޭގެ ކަންކޮޅުތަކަށް މުދާ ގެންދިއުމުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް ހުރިކަން ވިޔަފާރި ކޮމިއުނިޓީގެ ކޮންމެ ބޭފުޅަކު ވެސް އެއްބަސްވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރާ އިރު ކުރިއަށް އޮތްތަނުގައި ދުނިޔޭގެ ޑިޖިޓަލް ގިނަ ހިދުމަތްތަކެއް ވެސް ރާއްޖެއަށް ގެންނާނެ ކަމަށެވެ.
"ވަރަށް ގިނަ މުދާ ހާއްސަ ގޮތެއްގައި އެއާ އިން އެބަ ލިފްޓު ކުރޭ. ރާއްޖޭގެ ޕޯޓު ފެސިލިޓީ އެފިޝަންޓް ވެއްޖެ ނަމަ ސީ ޓު އެއާ ކާގޯގެ ކޮންމެވެސް އުންމީދެެއް އޮންނާނެ. ރާއްޖެ އޮތް ލޮކޭޝަނުން އިތުރަށް ފުރިހަމަ ވެގެން ގޮސް ރާއްޖޭގައި ވިޔަފާރި ފުޅާ ކުރުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ޓްރޭޑިއަން އާ ގުޅޭ މައުލޫމާތު ދެނީ. އެ ސިސްޓަމުން ވިޔަފާރިއާ ގުޅޭ ހުރިހާ ހިދުމަތްތަކެއް ހޯދޭނެ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ނެޝަނަލް ސިންގަލް ވިންޑޯ އެކުލަވައިލީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ޓްރޭޑް ނެޓް މޯލްޑިވްސް މެދުވެރިކޮށެގެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ، ސިންގަލް ވިންޑޯގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއްގެ ގޮތުގައި ރާއްޖޭގެ ވިޔަފާރީގެ މާހައުލު ބައްޓަން ކުރުން ކަމަށެވެ.
"މި މަޝްރޫއުއަކީ ރާއްޖޭގެ ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި އުޅޭ އިދާރާތަކާއި ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރުގެ ޝާމިލުވުމާ އެކު އަޅުގަނޑުމެން އެންމެންނަށް ވިން ވިން ސޮލިއުޝަނެއް ގެނައުމަށްޓަކައި އެންމެން އެކުއެކީގައި އަތް ގުޅާލައިގެން ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރަމުން ގެންދާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވިޔަފާރިތަކަށް ޑިޖިޓަލް ހިދުމަތްތައް ފުޅާ ކުރާ އިރު ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަން ގާނޫނާއި ޑިޖިޓަލް ހިދުމަތްތަކަށް ހާއްސަ ގާނޫނުތައް ހެދުން ވަރަށް މުހިއްމު ކަމަށެވެ.
ސިންގަލް ވިންޑޯއެއް އެކުލަވައިލުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޕްރޮޖެކްޓެއް އެކުލަވައިލާ އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ) އަށް ފަންޑު ހޯދަން ހުށަހެޅި އެވެ. އެ ޕްރޮޖެކްޓް ހިންގުމަށް އޭޑީބީއިން ފައިނޭންސް ހަމަޖެހުނީ 2019 ވަނަ އަހަރު އެވެ. ޓްރޭޑިއަންގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ބައެއް ހިދުމަތްތައް މިހާރު ވެސް އެ ސިސްޓަމުން ހޯދޭނެ އެވެ. އެހެން ނަމަވެސް އެ ސިސްޓަމުން ދޭ ހުރިހާ ހިދުމަތެއް ލިބެން ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގަ އެވެ.
ތަކެތީގެ އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނެ: ސައީދު
ރާއްޖެ އެމްއޯޔޫ ސައުދީ ކައުންސިލުން ފާސްކޮށްފި
"ޑީބީއެމްގެ ތިން މަރުހަލާއެއްގެ މަސައްކަތް އެބަކުރޭ"
ބަންކަރިން އިން 1.5 މިލިއަންގެ އާމްދަނީ ލިބިއްޖެ
މީހުން ދިރިއުޅޭ 19 ރަށެއްގައި އެމްއައިބީގެ އޭޓީއެމް
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ދީފި
ރާއްޖެ-ސައުދީން ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަނީ
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ
ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ