ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ފޮނުއްވި ސިޓީފުޅު އެގައުމުގެ ފޮރިން މިނިސްޓަރާ ހަވާލުކުރައްވައިފި އެވެ.
04 ސެޕްޓެމްބަރ 2024
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ފޮނުއްވި ސިޓީފުޅު އެގައުމުގެ ފޮރިން މިނިސްޓަރާ ހަވާލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި ޒަމީރު ވަނީ ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ރައީސްގެ ސިޓީފުޅުގެ ތަފްސީލެއް ނުދެއްވަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، ޔޫއޭއީގެ ފޮރިން މިނިސްޓަރު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
އެ ބައްދަލުވުމުގައި ވަނީ ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަގްވާމީ މަސްރަހުގައި ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމާ ގުޅޭ ގޮތުން ވެސް ދެ ވަޒީރުން މަޝްވަރާކުރައްވައިފަ އެެވެ. ޔޫއޭއީން ރާއްޖެއާ މެދު ބާއްވާ ގާތް ގުޅުމާއި ދޭ އެހީތެރިކަމަށް ވެސް ޒަމީރު ޝުކުރު އަދާކުރައްވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒަމީރާ އެކު އެ ބައްދަލުވުމުގައި، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއި އެމްބެސެޑަރު އެޓް ލާޖް އަހުމަދު ނަސީރާއި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު، ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އާއި ޔޫއޭއީ އިމާރާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ ޑެޕިއުޓީ އެމްބެސަޑަރު ހައްސާން ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ.
ޒަމީރު ފިނޭންސަށް އައްޔަންކޮށް ކެބިނެޓަށް ބަދަލުތަކެއް
ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލުކުރަނީ!
މާކަނޑު ހިމާޔަތްކުރުމުގެ މުއާހަދާގައި ސޮއިކޮށްފި
މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް
ބޭރުގެ އެހީ ލިބޭނެކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
ސައުދީ ފަންޑުން އިތުރު އެހީ ހޯދަން މަޝްވަރާކޮށްފި
ފޮރިން މިނިސްޓަރު ޒަމީރާއި ގަވަރުނަރު ސައުދީއަށް
ތަރައްގީ ހާސިލު ވާނީ ގުޅުންތައް އިތުރަށް ހަރުދަނާވެގެން
ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި
އިންޑިއާ އިން އެހީވި 28މަޝްރޫއު ނިންމައި ހަވާލުކޮށްފި