Roadha Mihaaru
މެސީގެ ފަރާތުން ސުއަރޭޒް އަށް ޖަޒުބާތީ ވަދާއެއް

މެސީގެ ފަރާތުން ސުއަރޭޒް އަށް ޖަޒުބާތީ ވަދާއެއް

08 ސެޕްޓެމްބަރ 2024

މޮންޓެވީޑިއޯ (ސެޕްޓެމްބަރު 8) - އުރުގުއޭގެ ލެޖެންޑަރީ ފޯވާޑް ލުއިސް ސުއަރޭޒް، 37، ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، މެޗަށް ފަހު އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޭނާއަށް ޖަޒުބާތީ ވަދާއުއެއް ދީފި އެވެ.

އިއްޔެ ހެނދުނު، އުރުގުއޭ އާއި ޕެރަގުއޭ ބައްދަލުކޮށް 0-0 އިން އެއްވަރުވި މެޗާ އެކު ސުއަރޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 143 މެޗުން 69 ގޯލު ޖަހައިދީފަ އެވެ.

މެޗަށް ފަހު ސަޕޯޓަރުންނަށް އަލްވަދާއުކީ ވަގުތު ސުއަރޭޒް އަށް ވީ ވަރަށް ވެސް ޖަޒުބާތީ ވަގުތުކޮޅަކަށެވެ. އެވަގުތު ސުއަރޭޒްގެ އަންހެނުންނާއި ތިން ދަރިން ވެސް ދަނޑުމަތީގައި އޭނާ ގާތުގައި ތިއްބެވެ.

ސުއަރޭޒް އާއެކު ގައުމީ ޓީމަށް ކުރިން ކުޅުނު ބައެއް ތަރިން ސުއަރޭޒްގެ ފެއާވެލް އިވެންޓުގައި. -- ފޮޓޯ: އޭއެފްޕީ

ސުއަރޭޒް އާއެކު ގައުމީ ޓީމަށް ކުރިން ކުޅުނު ބައެއް ތަރިން ސުއަރޭޒްގެ ފެއާވެލް އިވެންޓުގައި. -- ފޮޓޯ: އޭއެފްޕީ

ސުއަރޭޒް ގައުމީ ޓީމާ އަލްވަދާއުކީ މި އިވެންޓުގައި، އޭނާއާއެކު އުރުގުއޭއަށް ކުރިން ކުޅުނު ބައެއް ތަރިން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ޑިއޭގޯ ފޯލާން އާއި ޑިއޭގޯ ގޮޑިން ފާހަގަ ކޮށްލެވެ އެވެ.

މެސީ އާއި އެކު ސުއަރޭޒް ވަނީ ކުރިން ބާސެލޯނާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އަދި މިހާރު ދެ ކުޅުންތެރިން އެކުގައި ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ އިންޓަ މަޔާމީއަށެވެ.

ސުއަރޭޒްގެ ފެއާވެލް އިވެންޓުގެތެރެއިން.-- ފޮޓޯ: އޭއެފްޕީ

ސުއަރޭޒްގެ ފެއާވެލް އިވެންޓުގެތެރެއިން.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ދަނޑުގެ ބޮޑު ސްކްރީނުގައި ވަނީ މެސީގެ ފަރާތުން ސުއަރޭޒް އަށް އޮތް ހާއްސަ ވީޑިއޯ މެސެޖެއް ދައްކާލައިފަ އެވެ. ސުއަރޭޒް އަށް އުރުގުއޭ ގައުމީ ޓީމު މުހިއްމުވާ މިންވަރު އޭނާއަށް އިހުސާސް ކުރެވޭ ކަމަށް މެސީ ވަނީ އެ ވީޑިއޯ މެސެޖުގައި ބުނެފަ އެވެ.

"ތި ވަކިވަނީ އުރުގުއޭގެ އަންނަން އޮތް ޖީލުތަކަށް ލެގަސީއެއް ދޫކޮށްފައި. މިއީ ކެރިއަރުގެ ވަރަށް މުހިއްމު ބާބެއްގެ ނިމުން. އެކަމަކު ފުޓްބޯޅައިގައި އަދި ވަރަށް ދުވަސް އެބަ އޮތް ކަމަށް އުއްމީދުކުރަން. އެ ދުވަސްތަކަކީ އެކުގައި އިންޓަ މަޔާމީގައި ހޭދަކުރާނެ ދުވަސްތަކެއް ކަމަށް ވުމުން އެއީ އަހަރެން އުފާކުރާ ކަމެއް،" މެސީ ބުންޏެވެ.

ސުއަރޭޒް ގައުމީ ޓީމަށް ކުޅު ފަހު މެޗުގައި. -- ފޮޓޯ: އޭއެފްޕީ

ސުއަރޭޒް ގައުމީ ޓީމަށް ކުޅު ފަހު މެޗުގައި. -- ފޮޓޯ: އޭއެފްޕީ

ސުއަރޭޒް ވަނީ އުރުގުއޭ އާއެކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްދީފަ އެވެ. އޭގެ ތެރޭގައި 2011 ވަނަ އަހަރު ކާމިޔާބުކުރި ކޮޕާ އެމެރިކާ މުބާރާތް ފާހަގަ ކޮށްލެވެ އެވެ.

ސުއަރޭޒް އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި، އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލީނީގެ ކޮނޑުގައި ދަތް އަޅައިގެން ހަތަރު މެޗަށް ސަސްޕެންޑް ކުރި ކުޅުންތެރިއެކެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި އަތުން ބޯޅައެއް ދިފާއު ކޮށްގެން ރަތް ކާޑެއް ދެއްކި މެޗުގައި ހިނގި ކަންކަމަށް ވެސް ބޮޑު ސަމާލުކަމެއް ލިބިފައިވެ އެވެ.