ބަންގްލާދޭޝްގެ ސިޔާސީ ބޭފުޅުން ހިޔާލު ތަފާތުވުންތައް އެއްފަރާތްކުރުމަށް ފަހު "އިންޑިއާގެ އުނދަގުލާ ދެކޮޅަށް" ތެދުވާން އެ ގައުމުގެ ވަގުތީ ވެރިޔާ މުހައްމަދު ޔޫނުސް އިއްޔެ ގޮވާލައްވައިފި އެވެ.
ބަންގްލާދޭޝްގެ ސިޔާސީ ބޭފުޅުން ހިޔާލު ތަފާތުވުންތައް އެއްފަރާތްކުރުމަށް ފަހު "އިންޑިއާގެ އުނދަގުލާ ދެކޮޅަށް" ތެދުވާން އެ ގައުމުގެ ވަގުތީ ވެރިޔާ މުހައްމަދު ޔޫނުސް އިއްޔެ ގޮވާލައްވައިފި އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބަންގްލާދޭޝްގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރާތަކުގައި ޝައިހް ހަސީނާގެ 15 އަހަރުވީ ވެރިކަން ވަނީ ވައްޓާލައިފަ އެވެ.
ހަސީނާގެ، ބައިނަލްއަގުވާމީ އެންމެ ބޮޑު އެކުވެރިޔާ އަދި ހަސީނާ ފިއްލަވައިގެން ވަޑައިގެން ހުންނެވި އިންޑިއާއިން ވަނީ ހަސީނާގެ ވެރިކަމަށް ފަހު ބަންގްލާދޭޝްގައި ހިންދޫންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް އިތުރު ވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ހެދި އިންޑިއާ އާއި ބަންގްލާދޭޝްގެ ގުޅުން ވަނީ ގޯސްވެފަ އެވެ.
"ބަންގްލާދޭޝް އަލުން ބިނާކުރުމުގެ މަސައްކަތަށް އިންޑިއާއިން ދަނީ ހުރަސްއަޅަމުން. އަދި ބަންގްލާދޭޝްއާ ބެހޭ ގޮތުން ގެންދަނީ ހިޔާލީ ވާހަކަތައް ހަދައިގެން ދައްކަމުން،" ބަންގްލާދޭޝްގެ އިދިކޮޅު ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ޔޫނުސް ވިދާޅުވި އެވެ.
"އެ މީހުން ގެންދަނީ މި ހަގީގަތެއް ނެތް ވާހަކަތައް ވަކި ހާއްސަ ގައުމުތަކެއްގަ އާއި ނުފޫޒު ހުރި އެކި ފަރާތްތަކާ ހިއްސާކުރަމުން."
ބަންގްލާދޭޝްގެ ވަގުތީ ވެރިޔާ މުހައްމަދު ޔޫނުސް ސިފައިންނާ ސަލާންކުރައްވަނީ: އޭނާ ވިދާޅުވަނީ އިންޑިއާގެ "އުނދަގޫ" ބޮޑުވެއްޖެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
ޔޫނުސް އެ ބައްދަލުވުމުގައި ސިފަކުރެއްވި ގޮތުގައި ބަންގްލާދޭޝްއާ ދެކޮޅަށް ކުރިއަށް ގެންދަނީ ދޮގު މައުލޫމާތުގެ ކެމްޕެއިނެކެވެ. މިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އެއްބައިވާން ޖެހެނީ މިއީ ބަންގްލާދޭޝްގެ ދެމިއޮތުމާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ސުލްހައިގެ ނޮބެލް އިނާމު ހާސިލްކުރައްވާފައިވާ ޔޫނުސް ވަގުތީ ލީޑަރުކަން ހަވާލުކޮށްފައި ވަނީ އޭނާގެ ދަށުން ހިންގާ ވަގުތީ ސަރުކާރަކުން އާ އިންތިހާބެއް ބޭއްވުމުގެ ކުރިން ޑިމޮކްރެޓިކް އިސްލާހުތައް ގެނައުމަށެވެ.
ހަސީނާ ވެރިކަމުން ދުރުކުރުމާ އެކު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ހިންދޫންނާއި ބައި މަދު އެހެން ދީންތަކުގެ މީހުންގެ ކިބައިން ބަދަލު ހިފުމުގެ ހަމަލާތައް ދިނެވެ. އެކަމަކު އެ ހަމަލާތަކުގެ މައިގަނޑު ސަބަބެއް ކަމަށް ފެންނަން އޮތީ އެއީ ހަސީނާގެ ސަރުކާރަށް ކުރާ ތާއީދެވެ.
ޔޫނުސްގެ ސަރުކާރުން ވަނީ މިފަދަ އެތައް ހާދިސާއަކާ ހެދި މާފަށް އެދިފަ އެވެ. އެކަމަކު މިއީ ދީނީ ކުރިމަތިލުމަކަށް ވުރެ ބޮޑަށް ސިޔާސީ ހިޔާލު ތަފާތުވުމުގެ ކުރިމަތިލުންތަކެއް ކަމަށް ބަންގްލާދޭޝް އިން ބުނެ އެވެ. -- އޭއެފްޕީ
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
ބަންގްލާދޭޝްގެ އިންތިހާބު 2025 ގެ ފަހުކޮޅު
ހަސީނާ ބަންގްލާދޭޝްއާ ހަވާލުކުރަން އިންޑިއާއަށް އަންގަނީ
ބަންގްލާދޭޝަށް އައީ ދަރިވަރުންގެ އިންގިލާބެއް: ޔޫނުސް
ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުންގެ ސިޔާސީ ޕާޓީއެއް
"ހަސީނާގެ" ގޭންގުތަކުގެ 1300 މީހަކު ހައްޔަރުކޮށްފި
ހަސީނާ ހައްޔަރުކުރަން ކޯޓަކުން އަނެއްކާވެސް އަމުރެއް
ހަސީނާއަށް ތުހުމަތުވާ 5 ބިލިއަން ޑޮލަރުގެ ހިޔާނާތެއް
މަސްރަހު ފިނިކުރަން އިންޑިއާގެ މަންދޫބެއް ބަންގްލަދޭޝަށް
ބަންގްލާދޭޝް އާއި އިންޑިއާގެ ބަހުގެ ހަމަލާ ވަރުގަދަަވަނީ