މަގުމަތީގައި އުޅޭ ބުޅާތައް ހިފައި އޭގެ މަހުން ކާތަކެތި ހަދާ ކަމުގެ ތުހުމަތަށް ފަހު ހައްޔަރުކުރި ބިދޭސީ މީހާ ފުރުވާލާނީ، އޭނާއާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ މައްސަަލަ ނިމުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
11 ސެޕްޓެމްބަރ 2024
މަގުމަތީގައި އުޅޭ ބުޅާތައް ހިފައި އޭގެ މަހުން ކާތަކެތި ހަދާ ކަމުގެ ތުހުމަތަށް ފަހު ހައްޔަރުކުރި ބިދޭސީ މީހާ ފުރުވާލާނީ، އޭނާއާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ މައްސަަލަ ނިމުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
ބުޅާ މަހުން ކާއެއްޗެހި ހެދިކަމުގެ ތުހުމަތުކޮށް އާންމު މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކަކަށް ފަހު އަރަފާތު ހޮސެއިން، 32، ހޯދަން އިއުލާންކުރުމުން އޭނާ އުޅުނީ ފިލައިގެންނެވެ. ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު، ސިފަ ބަދަލުކުރަން ބޯ ބާލަންވެގެން ސެލޫނެއްގައި ހުއްޓަ އެވެ.
އޭނާގެ ފުރަތަމަ ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށަށް ނަމަވެސް ފަހުން އިމިގްރޭޝަނާ ހަވާލުކުރީ އެވެ.
މައްސަލަ ނުނިމެނީސް އިމިގްރޭޝަނުން އޭނާ ފޮނުވާލަން އުޅޭކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން އިމިގްރޭޝަނުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުރުވާލާނީ މައްސަލަ ނިމުމުން ކަމަށެވެ.
"ބުޅާ މަހުން ކާތަކެތި ހެދި ކަމަށް ޝައްކުވާ އަރަފާތު ފުރުވާލެވޭނީ އޭނާގެ މައްޗަަށް ޖިނާއީ ކުށެއް ސާބިތުވޭތޯ ބެލުމަށް ފުލުހުން ކުރިއަށްގެންދާ ތަހުގީގު ނިމުމުން،" އޮފިޝަލް ވިދާޅުވި އެވެ.
އަރަފާތުގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުން އަންނައިރު އޭނާއަކީ ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ މީހެކެވެ.
އޭނާ ހައްޔަރުކުރުމުގެ ކުރިން ދިވެއްސަކު އޭނާއާ ސުވާލުކުރާ ވީޑިއޯއެއް އާންމުވި އެވެ. އޭގައި ފެންނަނީ ގިނަ އަދަދެއްގެ ބުޅާ އުޅޭ ޕާކިން ޒޯނެއްގެ ކައިރީ އޭނާ ހުއްޓަ އެވެ. ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީ މީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ބުނަނީ އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.
އަރަފާތުގެ ގޭގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އާންމުވިއިރު އެތަނުގެ ތެރެއިން ބުޅާ މަސް ކަމަށް ބެލެވޭ އެއްޗެއް ނުފެނެ އެވެ. އެކަމަކު ގޭގައި ހުރި މަހުގެ ބާވަތްތަކުގެ ސާމްޕަލް ނަގައި އެ ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އޭނާ ބުޅާ މަހުން ކާތަކެތި ހަދައިގެން ވިއްކި ކަމެއް ވެސް އެނގޭކަށް ނެތެވެ.
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
މާލޭގެ ދެ ސަރަހައްދަކުން 25 ބިދޭސީއަކު ހިފަހައްޓައިފި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
ހަށި ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިމިގްރޭޝަނަށް ފިލަން ބިދޭސީން ކުޅުދުއްފުއްޓަށް ދަނީ
"ބުޅާމަހުން ކާނާ ހަދާ" މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ