މަގުމަތީ އުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތަށް ފަހު ހައްޔަރު ކުރި ބިދޭސީ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
21 އޯގަސްޓް 2024
މަގުމަތީ އުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތަށް ފަހު ހައްޔަރު ކުރި ބިދޭސީ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކާ އެކު ސަމާލުކަމަށް އައި މައްސަލާގައި ބަންގްލަދޭޝް މީހެއް ކަމަށްވާ އަރަފާތު ހޮސެއިން، 32، ހައްޔަރުކުރީ ހޯދަން އިއުލާނުކުރުމުން ފިލައިގެން އުޅެނިކޮށް އިއްޔެ އެވެ.
އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކުރުމަށް ބޯ ބާލަން ގޮސް ސެލޫނެއްގައި ހުއްޓަ އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މީހާ އަކީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެކެވެ.
އެ ބިދޭސީ މީހާ ހައްޔަރުކުރުމުގެ ކުރިން ދިވެއްސަކު އޭނާއާ ސުވާލުކުރާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވީޑިއޯގައި ފެންނަނީ ގިނަ އަދަދެއްގެ ބުޅާ އުޅޭ އުޅޭ، މާލޭގައި ހުންނަ މެރީ ބްރައުން ކުރިމަތީގެ ޕާކިން ޒޯނު ތެރޭގައި ހުއްޓަ އެވެ.
ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީ މީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.
ވީޑިއޯ ހެދި ދިވެހި މީހާ ވަނީ ބިދޭސީ މީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް ނަގައި އާންމުކޮށްފަ އެވެ. އެ ސަރަހައްދުގައި އުޅޭ އަވައްޓެރިންނާ ހަވާލާދީ، ވީޑިއޯގައި ބުނީ އެ ގޭ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށާއި ބުޅާ ރޯ އަޑު ވެސް އިވޭ ކަމަށެވެ.
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
މާލޭގެ ދެ ސަރަހައްދަކުން 25 ބިދޭސީއަކު ހިފަހައްޓައިފި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
ހަށި ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އަރަފާތު ފޮނުވާލާނީ ތަހުގީގު ނިމުމުން: އިމިގްރޭޝަން
އިމިގްރޭޝަނަށް ފިލަން ބިދޭސީން ކުޅުދުއްފުއްޓަށް ދަނީ
ފިހާރަތަކާ ގުޅުވައި،އިމިގްރޭޝަންގެ ނަމުގައި ފޭކްލިސްޓެއް