Roadha Mihaaru
ނޫސްވެރިކަމުގެ އިނާމު އަންނަ މަހުގެ 28 ގައި

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ މަހުގެ 28 ގައި

12 ސެޕްޓެމްބަރ 2024

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ މަހު 28 ގައި ބާއްވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ މަހު 28 ގައި ބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުގެ ރޭ 20:30 ގައި، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ މަލްޓި ޕާޕަސް ހޯލުގައި ކަމަށެވެ.

އެމްއެމްސީން ބުނި ގޮތުގައި، ނޫސްވެރިން ކުރާ މަސައްކަތް ބަލައިގަނެ ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ދެމުން އަންނަ އެ އެވޯޑަށް މިފަހަރު 18 ކެޓަގަރީއަކަށް 88 ހުށަހެޅުން ލިބިފައިވެ އެވެ.

ނޫސްވެރިކަމުގެ އިނާމު ދޭން ފެށީ 2013 ވަނަ އަހަރު އެވެ. މިއީ އެ އެވޯޑު ދޭ 11 ވަނަ ފަހަރެވެ.