Roadha Mihaaru
އަމީތާބްގެ "ކޭބީސީ 13" ފެށުން 23 ގައި

އަމީތާބްގެ "ކޭބީސީ 13" ފެށުން މި މަހުގެ 23 ގައި

13 އޯގަސްޓް 2021

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ހޯސްޓްކުރާ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގެ 13 ވަނަ ސީޒަން މި މަހުގެ 23 ގައި ފަށަން ނިންމިކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ހޯސްޓްކުރާ ސޮނީ ޓީވީގެ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސީ) ގެ 13 ވަނަ ސީޒަން މި މަހުގެ 23 ގައި ފަށަން ނިންމިކަން އިއުލާންކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން ކޭބީސީ ޕްރޮމޯޓްކުރަން ކުރު ފިލްމުތަކެއް "ސައްމާން" ގެ ނަމުގައި އަންނަނީ ގެނެސްދެމުންނެވެ. އެ ފިލްމުތައް ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އެވެ.

"ކޭބީސީ 13" މި މަހުގެ 23 ގައި ފެށުމަށް ފަހު ކޮންމެ ހަފުތާއެއްގެ ހޯމަ އިން ހުކުރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން 8:30 ގައި ޝޯގެ އެޕިސޯޑްތައް ގެނެސްދޭނެ އެވެ. މި ޝޯ އަކީ "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ؟" ގެ އިންޑިއާގެ ވާޝަނެވެ.

އާންމު މައުލޫމާތު މުއްސަނދިކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޝޯއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ "ކޭބީސީ" އަކީ އަމީތާބް 2000 ވަނަ އަހަރުން ފެށިގެން ހޯސްޓްކުރަމުން އަންނަ ޝޯއެކެވެ. މީގެ 12 ވަނަ ސީޒަން ނިންމައިލީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

"ކޭބީސީ 13" ދައްކަން ފަށާ އިރު، އަމީތާބް، 78، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ"، "ޖުންދު"، "ބުރައްމަަސްތުރާ"، "ގުޑްބާއި" އަދި "މޭޑޭ" ހިމެނެ އެވެ.

އަމީތާބްގެ ޝޯ ފަށަން ކުޑަތަންވަމުން އަންނަ އިރު، ސޮނީގެ "އިންޑިއަން އައިޑޮލް 12" ގެ ފިނާލޭ މި މަހުގެ 15 ގައި ގެނެސްދޭން ނިންމާފައިވާ އިރު، ފެބްރުއަރީގައި މެދުކަނޑާލި އެ ޗެނެލްގެ "ދަ ކަޕިލް ޝަރުމާ ޝޯ" މި މަހުގެ 21 ގައި އަލުން ފަށާނެ އެވެ.