ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ މަގެއް ހޯދުމުގެ މަޝްވަރާ ފަށަން ޓީމުތަކެއް އެކުލަވާލުމަށް ރަޝިޔާ އާއި އެމެރިކާއިން އެއްބަސްވެއްޖެ އެވެ.
ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ މަގެއް ހޯދުމުގެ މަޝްވަރާ ފަށަން ޓީމުތަކެއް އެކުލަވާލުމަށް ރަޝިޔާ އާއި އެމެރިކާއިން އެއްބަސްވެއްޖެ އެވެ.
މިކަން އިއުލާނުކުރި އިރު ޔޫކްރެއިނުން ވަނީ މިކަމުގައި އެ ގައުމު ބާކީކޮށްފައި ވާތީ ރުޅިވެރިކަމާ އެކު ފާޑު ކިޔައިފަ އެވެ.
ރަޝިޔާއިން 2022 ވަނަ އަހަރު ޔޫކްރެއިނަށް އަރައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް މަތީ ފަންތީގެ ރަސްމީ މަޝްވަރާތައް އެމެރިކާ އާއި ރަޝިޔާއިން ބާއްވާފައި ވާއިރު ޔޫރަޕްގެ ގައުމުތަކަށް މަޝްވަރާގެ "ކޮންމެވެސް ހިސާބަކުން" ފުރުސަތު ދޭންޖެހޭނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.
ރަޝިޔާއާ މެދު ގެންގުޅޭ ސިޔާސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުކުރެއްވުމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ޔޫރަޕްގެ ބައެއް ލީޑަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި އެމެރިކާއިން ރަޝިޔާއަށް ދޫތަކެއް ދީ، ފިނި ހަނގުރާމައިގެ ދުވަސްވަރު ހެދި ފަދަ އެއްބަސްވުމެއް ގާއިމުކޮށް އެ ބައްރުގެ ސަލާމަތީ ކަންކަމުގެ ތަރުތީބު ބަދަލުކުރައްވަފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މިދިޔަ ތިން އަހަރު ވެސް އެމެރިކާއިން އޮތީ ރަޝިޔާ އެކަހެރިކޮށްފަ އެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވަނީ ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރު ކުރިއަށް ދިޔަ ބައްދަލުވުމުން ޔޫކްރެއިން ބާކީކުރުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގްސަދުގައި ބާއްވާ ކޮންމެ މަޝްވަރާއެއް އިންސާފުވެރި ވާންޖެހޭ ކަމަށާއި މަޝްވަރާތައް ބާއްވަން ހުށަހެޅި ތުރުކީ ވެސް ހިމެނޭ ގޮތަށް ޔޫރަޕްގެ ގައުމުތައް ވެސް ބައިވެރިކުރަން ޖެހޭ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އާއި ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯފް ވަނީ ވީހާވެސް އަވަހަށް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގެއް ހޯދަން މަތީ ފަންތީގެ ޓީމުތަކެއް އެކުލަވާލައި މަޝްވަރާ ފެށުމަށެވެ.
މި ބައްދަލުވުމަށް ފަހު ވަނީ ރަޝިޔާ އާއި އެމެރިކާގެ ރައީސުންގެ ބައްދަލުވުން ވެސް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި މަސް ނިމުމުގެ ކުރިން ވެސް އެ ބައްދަލުވުން ބޭއްވިދާނެ އެވެ.
އެމެރިކާއިން ބޭނުންވަނީ ޒެލެންސްކީގެ އިސްތިއުފާ؟
ޒެލެންސްކީއަކީ ޑިކްޓޭޓަރެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ޕުޓިން އާއި ޓްރަމްޕު ސައޫދީގައި ބައްދަލުކުރައްވަނީ
ރަޝިޔާއަށް އުތުރު ކޮރެއާގެ 10،000 ސިފައިން
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ