ގްރޭޑް 4-7އާ ދެމެދުގެ ދަރިވަރުންގެ ތެރެއިން އިނގިރޭސި މާއްދާ އިން އެންމެ މޮޅު ނަތީޖާއެއް ހޯދާފައިވަނީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގައި ކިޔަވާ ދަރިވަރުން ކަމަށާއި އެހެން ރަށްރަށުގެ ދަރިވަރުން އެންމެ މޮޅީ ދިވެހި މާއްދާ އަށް ކަމަށް ނޭޝަނަލް އެސެސްމަންޓް އިމްތިހާނުގެ ރިޕޯޓުން ދައްކައިފި އެވެ.
01 މާޗް 2017
ގްރޭޑް 4-7އާ ދެމެދުގެ ދަރިވަރުންގެ ތެރެއިން އިނގިރޭސި މާއްދާ އިން އެންމެ މޮޅު ނަތީޖާއެއް ހޯދާފައިވަނީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކުގައި ކިޔަވާ ދަރިވަރުން ކަމަށާއި އެހެން ރަށްރަށުގެ ދަރިވަރުން އެންމެ މޮޅީ ދިވެހި މާއްދާ އަށް ކަމަށް ނޭޝަނަލް އެސެސްމަންޓް އިމްތިހާނުގެ ރިޕޯޓުން ދައްކައިފި އެވެ.
ދަރިވަރުންގެ ފެންވަރު ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން 2015 އާއި މިދިޔަ އަހަރު ހެދި ނޭޝަނަލް އެސެސްމަންޓުގެ ރިޕޯޓު މިއަދު ވަނީ އާއްމުކޮށްފަ އެވެ. ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ތައްޔާރުކުރި ރިޕޯޓުގައި 112 ސްކޫލެއްގެ 5،441 ދަރިވަރުން އެ އިމްތިހާނު ހެދި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންްމުކުރި ރިޕޯޓު ދައްކާގޮތުން ގްރޭޑް ހަތަރެއްގެ ދަރިވަރުންގެ ތެރެއިން ދިވެހި މާއްދާ އަށް އެންމެ މޮޅީ 68.8 ޕަސެންޓް ހޯދައިގެން މ. އަތޮޅެވެ. އެންމެ ދަށުން ލިބިފައި ވަނީ ރ. އަތޮޅުގެ ސްކޫލުތަކަށެވެ. އެއީ 57 ޕަސެންޓް މާކްސް ހޯދައިގެންނެވެ.
ނޭޝަނަލް އެސެސްމަންޓް ރިޕޯޓު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ނެރެދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނޭޝަނަލް އެސެސްމަންޓް ގްރޭޑް ހަތެއްގެ ދަރިވަރުންގެ ދިވެހި ނަތީޖާ ދައްކާގޮތުން 60 ޕަސެންޓާއެކު އެންމެ ކުރީގައި އުޅެނީ ބ. އަތޮޅެވެ. ދެން އެންމެ ދަށުން ލިބިފައިވަނީ ލ. އަތޮޅަށެވެ.
ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ހިސާބު އިމްތިހާނުގެ ނަތީޖާ އަށް ބަލާއިރު، އެވްރެޖްކޮށް މުޅި ރާއްޖެއިން ހޯދާފައިވަނީ 57.5 ޕަސެންޓެވެ. އަދި 4.7 ދަރިވަރުން ވަނީ ހިސާބުން 80 ޕަސެންޓަށްވުރެ ގިނައިން މާކްސް ހޯދާފައިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. ހިސާބު މާއްދާއިން އެންމެ މަތީ ނަތީޖާއެއް ހޯދި ކަމަށް ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ އައްޑޫ އާއި ވ. އަތޮޅާއި ބ. އަތޮޅެވެ.
ހިސާބުން ގްރޭޑް ހަތެއްގެ ދަރިވަރުން ހޯދި ނަތީޖާ އެވްރެޖް ގޮތެއްގައި އުޅެނީ 50 ޕަސެންޓުގަ އެވެ. އެ މާއްދާއިން އެންމެ މަތިން ވެސް ހޯދީ 52 ޕަސެންޓާއެކު ހދ. އަތޮޅެވެ.
ނޭޝަނަލް އެސެސްމަންޓް ރިޕޯޓު ނެރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފުލާގައި ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިނގިރޭސި މާއްދާއަށް ބަލާއިރު، ގްރޭޑް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުން އެވްރެޖް ގޮތެއްގައި ހޯދާފައިވަނީ 52.9 ޕަސެންޓެެވެ. މާލެ އާއި އައްޑޫ އަދި ފުވައްމުލަކުން ވަނީ އިނގިރޭސިން އެންމެ މަތިން ހޯދައިފަ އެވެ. ގްރޭޑް ހަތެއްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ފެންވަރު ބެލުމުގެ އިނގިރޭސި އިމްތިހާނުން ވެސް އެންމެ މަތިން ހޯދާފައިވަނީ މި އަތޮޅުތަކެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފިރިހެން ދަރިވަރުންނަށް ވުރެ، ތިން މާއްދާއިން ވެސް އަންހެން ދަރިވަރުން ހޯދި ނަތީޖާ ރަނގަޅެވެ.
މި ރިޕޯޓު ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ނޭޝަނަލް އެސެސްމަންޓުގެ ސަބަބުން މާއްދާތަކުން ދަރިވަރުން ދަށްވާ ސަބަބާއި އިތުރަށް ރަނގަޅު ކުރަންވީ ކަންތައްތައް އެނގިގެންދާނެ ކަމަށެވެ.
އައްޑޫގެ ސްކޫލުތަކުގައި މާދަމާ އަލުން ކިޔެވުން ފަށަނީ
ދަރިވަރުންނަށް ހުރިހާ ގޮތަކުން ވެސް ގެއްލުން
މާލޭގެ ސްކޫލްތައް އަނެއްކާވެސް ދެ ހަފުތާ އަށް ބަންދު
ގްރޭޑު 8،7 އަށް އަންނަ މަހުގެ 16ގައި ކިޔަވައިދެނީ
މާލޭ ސްކޫލުތައް: ކިޔަވައިދޭން ފަށާނީ 9 އިން މައްޗަށް
އާ ސްކޫލުން 170 އަށް ވުރެ ގިނަ ކުދިންނަށް ޖާގަ
ގްރޭޑް 1 އަށް 2،000 އަށް ވުރެ ގިނަ ދަރިވަރުން
ގަދަ 10ގައި ހިމެނުނު އަދަދު އާ އުސޫލާއެކު މަދުވެއްޖެ
ފިލިޕީންސް ކޮލެޖަކާއެކު އެޑިއުކޭޝަނުން ސޮއިކޮށްފި
ބައެއް ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފި