Roadha Mihaaru
އުތުރު ގޭޓްވޭއާއެކު،އެމްޕީއެލް މުއްސަނދި ކުންފުންޏަކަށް

އެމްޕީއެލް އަށް އުތުރުން ބޮޑު ނަފާއެއް، ކުންފުނީގެ ފައިދާ 100 މިލިއަނަށް އަރާނެ!

20 ސެޕްޓެމްބަރ 2024

އިއްޔެއަކީ ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރުމަށް މި ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރަށް ބޮޅެއް އިތުރުވި ދުވަހެވެ. ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފުރަތަމަ ފަހަރަށް އުތުރުގައި ފެށުމާ އެކު، އިގުތިސާދީ ކުރިއެރުމާއި ފައިދާތަކަށް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. އެއީ ރާއްޖޭގެ އިގުތިސާދަށް ނަފާ ލިބޭނެ އިތުރު ދޮރެއް ހުޅުވުމުން ލިބޭނެ ކުރިއެރުމުގެ އުންމީދެވެ. ރަނގަޅު ހިދުމަތްތަކެއް ބޯޓުފަހަރަށް ދީ، ހިދުމަތް ފުޅާކުރެވޭނެ މަގު ފަހިވެއްޖެ ނަމަ މީގެ ފައިދާ އަދި މާ ބޮޑުވާނެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ހއ. އުލިގަމުން ފާތިމަތު ޝަނާ މުހައްމަދު

އިއްޔެއަކީ ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރުމަށް މި ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރަށް ބޮޅެއް އިތުރުވި ދުވަހެވެ. ރާއްޖޭގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފުރަތަމަ ފަހަރަށް އުތުރުގައި ފެށުމާ އެކު، އިގުތިސާދީ ކުރިއެރުމާއި ފައިދާތަކަށް ކުރެވޭ އުންމީދު ވަރަށް ބޮޑެވެ. އެއީ ރާއްޖޭގެ އިގުތިސާދަށް ނަފާ ލިބޭނެ އިތުރު ދޮރެއް ހުޅުވުމުން ލިބޭނެ ކުރިއެރުމުގެ އުންމީދެވެ. ރަނގަޅު ހިދުމަތްތަކެއް ބޯޓުފަހަރަށް ދީ، ހިދުމަތް ފުޅާކުރެވޭނެ މަގު ފަހިވެއްޖެ ނަމަ މީގެ ފައިދާ އަދި މާ ބޮޑުވާނެ އެވެ.

ބަންކަރިންގެ ހިދުމަތްތައް ދޭން އެސްޓީއޯ އިން ފެށިއިރު، އެއާ އެކު ބޯޓު ފަހަރަށް ބޭނުންވާ އެހެނިހެން އިތުރު ގިނަ ހިދުމަތްތައް ދޭން އެމްޕީއެލް ވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ހއ. އުލިގަމުގައި ގާއިމްކުރި އުތުުރު ގޭޓްވޭ އޮފީސް މެދުވެރިކޮށް 14 ހިދުމަތެއް އެމްޕީއެލް އިން ބޯޓުފަހަރަށް ދޭނެ އެވެ. އޭގެ ތެރެއިން ގިނަ ހިދުމަތްތައް މި ވަގުތުން ފެށިގެން ވެސް ދެވޭނެ އެވެ.

އުލިގަމުގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރަނީ މިދިޔަ ތިރީހަކަށް އަހަރު ކުރި ކާގޯ ކްލިއަރެންސްގެ މަސައްކަތުގެ އިތުރުން މެރިޓައިމްގެ ގިނަ ވިޔަފާރިތަކަށް ވަނުމަށް ކަމަށެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭއާ އެކު، އެކަން މިހާރު ވަނީ އެ ކުންފުންޏަށް ފަހިވެފަ އެވެ.

ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާގޯ ބޯޓު ކައިރިކޮށް، ފިއުލް ހޮޅި ގުޅަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާގޯ ބޯޓު ކައިރިކޮށް، ފިއުލް ހޮޅި ގުޅަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ވަޖީހު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ފެށި ހިދުމަތްތަކާ އެކު، އެމްޕީއެލްގެ ޕްރޮފިޓް މާޖިން 50 ޕަސެންޓަށް އިތުރު ކުރެވޭނެ ކަމަށެވެ. މިދިޔަ އަހަރު އެމްޕީއެލް އަށް ލިބުނީ 33 މިލިއަން ރުފިޔާގެ ފައިދާއެކެވެ. ގާތްގަނޑަކަށް 900 ރުފިޔާގެ އާމްދަނީއެއް ލިބޭ އެ ކުންފުނީގެ އޮޕަރޭޝަނަލް އަދި އިދާރީ ހަރަދުތަކާ ހެދި ފައިދާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ލިބެނީ ކުޑަ އަދަދެކެވެ.

އެހެންވެ، އެމްޕީއެލް އިން މިވަގުތު އިސްކަން ދެނީ އާ ދާއިރާތަކުން ވިޔަފާރި ފުޅާކުރާށެވެ.

"ލޮޖިސްޓިކް މަސައްކަތް ކޮށްގެން އާމްދަނީ އިތުރުކުރުމަށް އިސްކަން ދެނީ. މެރިޓައިމް ސާވިސްތަކުން މިއީ ވަރަށް ބޮޑު އާމްދަނީއެއް. އަޅުގަނޑުމެން މި ބަލަނީ މި ފަސް އަހަރު 50 ޕަސެންޓް މައްޗަށް ޖައްސާނަން،" އޭނާ ވިދާޅުވި އެވެ.

އުތުރު އައިއެސްޕީއެސް ގޭޓްގެ ދިދަ އެމްޑީ ވަޖީހު ނަންގަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އުތުރު އައިއެސްޕީއެސް ގޭޓްގެ ދިދަ އެމްޑީ ވަޖީހު ނަންގަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ވަޖީހު ވިދާޅުވީ، އާ ވިޔަފާރިތަކަށް ވަނުމުން މިހާރު ދޭ ކާގޯ ކްލިއަރެންސްގެ ހިދުމަތުގެ އަގުތައް ކުޑަކޮށް، ވިޔަފާރިވެރިންނާއި އާންމުންނަށް މިހާރަށް ވުރެ އިތުރަށް އެކި މުދާތައް ލިބޭ އަގު ކުޑަ ކުރެވޭނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ގާއިމްކުރީ އައިއެސްޕީއެސް ގޭޓްވޭ. އެ ތަން ގާއިމްކޮށްފައި ވަނީ އެމްޕީއެލްގެ ހަރަދުގައި. އެތަން ހަދާފައިވަނީ 40 ފޫޓުގެ އާ ކޮންޓެއިނާ ގެނެސްގެން. އެހެންވީމާ އެ މަސައްކަތަށް 3.5 މިލިއަން ރުފިޔާ ދިޔަ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، ކޮންޓެއިނާ ގެނެސް އެ ތަން ތައްޔާރުކުރުމަށް އެމްޕީއެލް އިން ކުރި ހޭދައާ އަޅާ ކިޔައިފި ނަމަ ބަންކަރިންގެ ހިދުމަތުން އެ ކުންފުންޏަށް ކުރިމަގުގައި މާ ބޮޑު ފައިދާއެއް ވާނެ އެވެ. ވަޖީހު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ކަންކަން ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

އުތުރު އައިއެސްއައިޕީ އޮފީހުގެ އިމިގްރޭޝަން ހިދުމަތް ދޭ ސަރަހައްދު -- ފޮޓޯ: ނިޝާން އަލީ / މިހާރު

އުތުރު އައިއެސްއައިޕީ އޮފީހުގެ އިމިގްރޭޝަން ހިދުމަތް ދޭ ސަރަހައްދު -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްޕީއެލް އިން މިހާރު ވެސް އަންނަނީ އުލިގަމުގައި ބޮންޑެޑް ވެއަހައުސްއެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެ ވެއާހައުސްގެ ބޭނުމަކީ، ބޯޓުފަހަރަށް ބޭނުންވާ ރޯ މަހުގެ ބާވަތްތައް ފޯރުކޮށްދޭނެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން، ބަނގުރަލާއި އެހެން ބައެއް ހަލާކުވާ ބާވަތްތަކުގެ މުދާ ރައްކާކޮށް، ބޯޓުފަހަރަށް ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތް ހެދުމެވެ. އެކަންކަން ކުރުމަށް ބޭނުންވާ ހުއްދަތައް އެމްޕީއެލް އިން މިހާރު އަންނަނީ ނަގަމުންނެވެ. ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެކަމުގެ މަސައްކަތްތައް ފަށާނެ އެވެ.

ފެން އެކަނި ވިއްކައިގެން މަހަކު 1.5 މިލިއަން ޑޮލަރު

އުތުރު ގޭޓްވޭ އިން ހިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) ވެބްސައިޓް ވެސް ވަނީ ލޯންޗު ކޮށްފަ އެވެ. އެހެންވެ، ވެބްސައިޓު މެދުވެރިކޮށް، ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަހަރަށް ކުރިއާލައި ބުކިން ހެދޭނެ ގޮތް ވަނީ ފަހިވެފަ އެވެ. އެހާ ކުޑަ މުއްދަތެއްގެ ތެރޭގައި މިހާރު ވެސް ބޯޓު ފަހަރުން އަންނަނީ، އެކަމުގެ މައުލޫމާތު ސާފުކޮށް ބުކިންތައް ހަދަމުންނެވެ.

ވަޖީހު ވިދާޅުވިގޮތުގައި، އުންމީދު ކުރިވަރަށް ވުރެ މާ އަވަހަށް ބުކިންތައް އަންނަނީ ލިބެމުންނެވެ. އުތުރުގެ ސަރަހައްދުން ދަތުރުކުރާ ގްރީކްގެ 17 ބޯޓަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭން މިހާރު ވަނީ އޯޑަރެއް އައިސްފަ އެވެ.

ހިދުމަތް ހޯދަން އަންނަ ފަރާތްތައް ސްކްރީނު ކުރަން ހާއްސަ އޭރިއާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ހިދުމަތް ހޯދަން އަންނަ ފަރާތްތައް ސްކްރީނު ކުރަން ހާއްސަ އޭރިއާ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"މި އަންނަ މަހުގެ 10 އިން ފެށިގެން އެދިފައި އޮތީ. އެ މީހުން ބޭނުންވަނީ ފަހަރަކު 150 ޓަނުގެ ފެން،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން ފެން ފޯރުކޮށްދެނީ ފެނަކަ މެދުވެރިކޮށް ހއ. ތުރާކުނުންނެވެ. އެކަމަށް ހާއްސަކޮށް ފެން އުފުލާ ބާޖެއް އެ ސަރަހައްދުގައި އަބަދުވެސް އޮންނާނެ އެވެ. ފެން އުފުލާ ބާޖުން އެއްފަހަރާ 90 ޓަނުގެ ފެން އުފުލެ އެވެ. އެހެންވެ، ގްރީކް ބޯޓުތަކަށް ބޭނުންވާ ފެން ފޯރުކޮށްދޭން އެމްޕީއެލްގެ ބާޖުން ދެ ބުރު ޖަހަން ޖެހޭނެ އެވެ. އެހެންވެ، އެ އަދަދަށް ފެން ފޯރުކޮށްދޭ ނަމަ އެކަން ކުރަން ހަ ގަޑި އިރާއި އަށް ގަޑި އިރުގެ ވަގުތެއް ނަގާނެ އެވެ.

ވަޖީހު ވިދާޅުވީ، ފެން ފޯރުކޮށްދޭން ހޭދަވާ ވަގުތު އަވަސް ކުރުމަށް ފެން އުފުލުމަށް އިތުރު ބާޖެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިހާރު ލިބިފައިވާ އޯޑަރުތަކުން އަންދާޒާ އަކީ އެ ވިޔަފާރިން މަހަކު 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމެވެ.

ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާގޯ ބޯޓު ކައިރިކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަންކަރިން ހިދުމަތް ދޭން ތެޔޮ ބޯޓާއި ކާގޯ ބޯޓު ކައިރިކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ފެން ޓަނެއް ފެނަކައިން ލިބެން ހުންނަނީ ގާތްގަނޑަކަށް 10 ޑޮލަރަށެވެ. އެހެންވެ، 10.5 ޑޮލަރުގެ ރޭޓުން އެމްޕީއެލް އިން ފެން ވިއްކި ނަމަވެސް 150 ޓަނު ވިއްކައިގެން 150،000 ޑޮލަރުގެ އާމްދަނީއެއް ބޯޓަކުން ލިބޭނެ އެވެ. އަދި 10 ބޯޓަށް ހިދުމަތް ދީފި ނަމަ އެ އަދަދު 1.5 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ އެވެ.

ލެޝާ ހަރަކާތްތައް ރޭވުމާއި ބޯޓު ސާފުކުރަން ބޭނުންވާ ސާމާނު ހޯދަނީ

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ގައި ހއ. އުލިގަމަށް ޕެސެންޖަރުލައިނާއެއް އަންނާނެ ކަމަށް އަންގައި، އެކަމުގެ ބުކިން ވެސް މިހާރު ވަނީ ހައްދައިފަ އެވެ. ގާތްގަނޑަކަށް 250 މީހުންނާ އެކު ދަތުރުކުރާ އެ ޕެސެންޖާލައިނާއަށް ބޭނުންވާ ރެކްރިއޭޝަނަލް ހަރަކާތްތައް އިންތިޒާމު ކުރުމުގެ އިތުރުން ބޭނުންވާ އެހެން ހިދުމަތްތައް ދޭން ވެސް އެމްޕީއެލް ތައްޔާރަށް އޮތް ކަމަށް ވަޖީހު ވިދާޅުވި އެވެ.

"ފިޝިން ވިއްޔާ ފިޝިން، ޑައިވިން ނުވަތަ ޕިކްނިކް ނުވަތަ ކަލްޗަރަލް ޝޯތަކެއްތޯ. އޭރަށް އެމީހުން ބޭނުންވާ ކަންކަން ކުރެވޭނެ. އެކަންކަން ކުރާނީ އެމްޕީއެލް އިން ކުރުމުގެ ބަދަލުގައި އެކަން ކުރާ ފަރާތްތަކާ ހަވާލު ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

"އުތުުރު އައިއެސްޕީއެސް ގޭޓް" ހުޅުވުމަށް މިއަދު އެމްޕީއެލްގެ އެމްޑީ ވަޖީހު އުލިގަމަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ކިޔާނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

"އުތުުރު އައިއެސްޕީއެސް ގޭޓް" ހުޅުވުމަށް މިއަދު އެމްޕީއެލްގެ އެމްޑީ ވަޖީހު އުލިގަމަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ކިޔާނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ވަޖީހު ވިދާޅުވީ، ބޯޓުފަހަރުގެ ހަލް ސާފު ކުރުމުގެ ހިދުމަތަށް ބޭނުންވާ ހަލް ކްލީނިން ރޮބޮޓް ގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެފަދަ ހިދުމަތްތައް ދޭތޯ މިހާރު ވެސް ބައެއް ބޯޓުފަހަރުން އަންނަނީ މައުލޫމާތު ސާފުކުރަމުންނެވެ. އެހެންވެ، އެއީ ވެސް މިވަގުތަށް ދޭން ވަރަށް މުހިއްމު ހިދުމަތެއް ކަމަށް ވަޖީހު ދެކެވަޑައިގަންނަވަ އެވެ.

"ގާތްގަނޑަކަށް ފަސް ރޮބޮޓު ގަންނަން ވެގެން މިއުޅެނީ. ފުރަތަމަ ފަށާނީ ތަންކޮޅެއް ކުޑަ އެއްޗެހިން. ޑައިވަރުން ލައްވައި އެކަން ކުރުމުގެ ބަދަލުގައި އެކަން ކުރަން ހާއްސަ ރޮބޮޓް ބޭނުންކޮށްގެން އެކަން ކުރަން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު، މެރިޓައިމް ދާއިރާގެ އިސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޕީއެލްގެ ސީއީއޯ ވަޖީހު، މެރިޓައިމް ދާއިރާގެ އިސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ އިތުރުން ޕައިލެޓޭޖު ހިދުމަތާއި ކްރޫ ޗޭންޖު ކުރުމާއި ޝިޕް ޓު ޝިޕް ހިދުމަތްތަކާއި ލޯންޗުތަކުގެ ހިދުމަތްތަކާއި ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް ފޯރުކޮށްދިނުމާއި މެއިންޓެނެންސް ހިދުމަތްތަކާއި ޓަގް ސާވިސަސް ވެސް އެމްޕީއެލް އިން މިހާރުން މިހާރަށް ފޯރުކޮށްދޭނެ އެވެ. އެކަމަށްޓަކައި ބޭނުންވާ އިތުރު ޓަގުތައް ގެނައުމަށްޓަކައި ވެސް އެމްޕީއެލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި އަންނަ މަހުގެ 10 އިން ފެށިގެން އެދިފައި އޮތީ. އެ މީހުން ބޭނުންވަނީ ފަހަރަކު 150 ޓަނުގެ ފެން،"--- ވަޖީހު

އިއްޔެ ފެށި ބަންކަރިންގެ ހިދުމަތް ފުޅާކުރާނީ ޑިމާންޑު އަންނަ ވަރަކުންނެވެ. އެކަމަކު ރިކުއެސްޓް ކުރާ އެފަދަ ކޮންމެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރުމުން، އެ ސަރަހައްދުން ދަތުރުކުރާ ބޯޓު ފަހަރު ރާއްޖެ އިހްތިޔާރު ކުރާނެ ކަމަށް އެ ސަރަހައްދުގެ މީހުން ގަބޫލު ކުރެ އެވެ. ސަބަބަކީ، ލަންކާ އަށް ދިއުމަށް ވުރެ ރާއްޖެ އަށް މަޑުކޮށްފި ނަމަ އެ ބޯޓުތަކަށް މަންޒިލަށް ދާން ނަގާ ވަގުތު ކުރު ކުރެވޭނެތީ އެވެ.

އުތުރުގައި އެމްޕީއެލް އިން ފެށި މެރިޓައިމް ހިދުމަތްތަކާ އެކު، އެ ކުންފުނި އިތުރަށް ފުޅާ ކުރަން ވަނީ އުންމީދު ބޮޑުވެފަ އެވެ. އެކަމަކު ދެން ޖެހޭނީ، އެ ހިދުމަތްތައް ދީގެން، ބޯޓުތަކަށް ވީހާ ވެސް ފަސޭހަވާނެ ގޮތަކަށް ކަންކަން ރާވާށެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގެ ބަންކަރިން އާއި މެރިޓައިމް ހިދުމަތްތައް ފުޅާކުރީ އެއް ދުވަހަކުން ނޫނެވެ. އެއީ ވަރަށް ގިނަ އަހަރުތަކުގެ މަސައްކަތެވެ. ރާއްޖެ އިން ޖެހޭނީ އެ ތަންތަނުން ދޭ ފަދަ އެންމެ ޒަމާނީ، އަވަސް ހިދުމަތްތަކެއް ބޯޓުފަހަރަށް ދޭށެވެ. މިއީ ރާއްޖެ އަށް ވެސް ކާމިޔާބުވާނެ ވިޔަފާރިއެއްކަން އެނގޭނީ ކުރިއަށް އޮތް އަހަރުތަކުންނެވެ.