04 މެއި 2017
އަންނަ ހޮނިހިރުދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާދަމާ ހަވީރު މާލޭގައި 13 ޕިކަޕެއްގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބާއްވާ އިވެންޓް ނުބޭއްވޭނެ ކަމަށާއި އެކަން ހުޅުމާލޭގައި ބޭއްވިއަސް އެންމެ ރަނގަޅު ކަމަށް ފުލުހުން އަންގައިފި އެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ފަރާތުން ޕިކަޕް ބުރު ބާއްވާނެ ކަމަށް އަންގައި ފޮލިސް ކޮމިޝަނަރަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި ބުނެފައި ވަނީ މާލޭގެ މަގުތަކުގައި ތަފާތު އުމްރާނީ މަސައްކަތްކުރަމުންދާތީ މަގުތަކުތަކުގެ ޓްރެފިކް ބާރުބޮޑުވުމާ އަދި އާއްމުންނަށް ދަތިތަކާ ދިމާވެދާނެތީ އެދިފައިވާ ގޮތަށް މާލޭގެ މަގުތަކުގައި މިވަގުތު ލޮރީ ބުރު ބޭއްވުމަށް ހުއްދަ ދިނުމަކީ ދަތިކަމެއް ކަމަށެވެ. ނަމަވެސް އެދިފައިވާ ހަރަކާތް ހުޅުމާލޭގައި ކުރިޔަށް ގެންދިއުމާމެދު އިއުތިރާޒެއް ނެތް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީން ފޮނުވި ސިޓީ ބުނެފައި ވަނީ މާލޭގެ މަގުތަކުގައި ޕިކަޕް ބުރު ބާއްވާނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 28 ވަނަ މާއްދާގެ ށ. އާއި ކައުންސިލް އިންތިހާބުގެ ގަވައިދުގެ 22 ވަނަ މާއްދާގެ 8 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގަން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ނުދޭ ކަމުގެ ޝަކުވާ ޕާޓީތަކުން ކުރެ އެވެ.
ތުހުމަތުކުރި މައްސަލައިގެ ހެއްކެއް ނުފެނުނު: އެމްޑީޕީ
ސަރުކާރު ބަލިވީ ރައްޔިތުންނަށް ބިރު ދައްކާތީ: ރޮޒައިނާ
ކުރިނބީ ވޯޓުފޮށި އަލުން ގުނުމުން ކާމިޔާބުކުރީ އެމްޑީޕީ
އިންތިހާބުގެ ނަތީޖާ ހޯދަން ޖެހެނީ ގަދަބާރުން: ނިޔާޒު
ނަތީޖާ އިއުލާން ކުރުން ލަސްވާތީ އެމްޑީޕީން ފާޑު ކިޔައިފި
ޕީޕީއެމްގެ އެތައް ދާއިރާއެއް އިދިކޮޅަށް، ބޮޑު މެސެޖެއް
ނަތީޖާ ބަދަލެއް ނުކުރެވޭނެ، ފާރަވެރިވާނަން: ޝިފާޒް
ނަތީޖާ ބަދަލުވާ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް: އީސީ
އިންތިހާބުން ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް: ގަފޫރު
މިއީ ރައްޔިތުން ދެއްކި އެންމެ ބޮޑު ހިތްވަރު: ނަޝީދު