ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ބުނާ މައްސަލާގައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.
26 ސެޕްޓެމްބަރ 2024
ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރި ކަމަށް ބުނާ މައްސަލާގައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ތޮއްޔިބު ހާޒިރުކޮށް، ސުވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
އެ މައްސަލާގައި ފުލުހުން ކުރިން ވަނީ ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފަ އެވެ.
އޭރު ތޮއްޔިބްގެ ފޯނާއި ލެޕްޓޮޕާއި ހާޑްރައިވަކާއި ފަސް ޕެންޑްރައިވެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަން ވަނީ އެނގިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ތޮއްޔިބުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓި އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް، ތޮއްޔިބަށް ސްޓެލްކޯގެ ބިއުރޯގެ ސާވިސް ސުޕަވައިޒަރުގެ މަގާމު ދިން ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އެ މަގާމުން އޭނާ ވަކިކުރި އެވެ. އެމްޑީޕީގެ ވެރިކަމުގައި ތޮއްޔިބު ހުރީ ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގަ އެވެ.
ވައިބާ ކޮންޕްރޮމައިޒްކޮށް، ފޭރުނު މީހަކު ހައްޔަރު
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ޓިކްޓޮކްގައި ކުޑަކުއްޖަކު ވިއްކާލަން ޖެހި މައްސަލައެއް
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު
ހަމަނުޖެހުމަށް ހިތްވަރު ދިންކަމަށް ބުނެ ހައްޔަރު
އެމްޑީޕީގެ އެކްޓިވިސްޓު ޝާފިއު ފުލުހަށް ހާޒިރުކުރަނީ
ޗެނަލްތަކަށް ވަތް މީހުންނަށް ފިޔަވަޅު އަޅާނެ: ފުލުހުން
ޝުނާނާ އަށް ފުރައްސާރަކޮށް ހަމަލާދޭން ގޮވަނީ!
ސޯޝަލް މީޑިއާ ބޭނުން ނަހަމަ ގޮތުގައި! ހައްލަކީ ކޮބާ؟
ސިރޫ އާޓްސް ހިންގާ ސިރުހާން ފުލުހަށް ހާޒިރުކޮށްފި