ސްކޭމްތަކުން ގެއްލުނު 13 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން މި އަހަރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
26 ސެޕްޓެމްބަރ 2024
ސްކޭމްތަކުން ގެއްލުނު 13 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން މި އަހަރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސްކޭމްތަކުން ގެއްލުނު ފައިސާއިން މިދިޔަ މަހާ ހަމައަށް 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އަދިވެސް ގިނަ ބަޔަކު ސްކޭމްތަކުގެ ޝިކާރައަކަށް ވަމުން ދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ މިދިޔަ ޖުލައި މަހު ވިދާޅުވެފައިވާ ގޮތުގައި ސްކޭމްގެ އެކި މައްސަލަތަކާ ގުޅިގެން 500 އަށް ވުރެ ގިނަ ބޭންކް އެކައުންޓް ވަނީ ބްލޮކް ކޮށްފަ އެވެ.
އޭގެ އިތުރުން 782 ޑިވައިސް ނެޓްވޯކާއި 297 ސިމްކާޑާއި 70 ވެބް ލިންކް ބްލޮކް ކޮށްފައިވެ އެވެ.
މަރިޔަމް ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގައި 156 މައްސަލައެއްގައި ދައުވާކުރަން މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްކޭމްތަކާ ގުޅިގެން މިދިޔަ އަހަރު 1،661 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ 20 މިލިއަން ރުފިޔާގެ ސްކޭމް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 1،302 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮޅުވާލައިގެން އެކައުންޓުތަކަށް ފައިސާ ޖަމާކުރާ މީހެއް!
ޝިފާންގެ ރެކޯޑުތަކަކަށް ބަދަލު ގެނައި މައްސަލައެއް
ސްކޭމަރުންގެ ނަމްބަރުތައް އެނގޭނެ އެޕެއް ހަދަނީ
ސްކޭމްތަކުގައި ގެއްލުނު 200،000 ރުފިޔާ ހޯދައިފި
މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް
ފޭކް ސްލިޕުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި
މާފުށީ ޖަލުން 33 ފޯނު އަތުލައިގެންފި
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
ސްކޭމްކޮށްގެން މީހުންގެ އަތުން މިލިއަން ރުފިޔާ ނަގައިފި
ތަކެތި ވިއްކާކަމަށް ބުނެ ސްކޭމް ހިންގި މީހަކު ހައްޔަރު