Roadha Mihaaru
ދިލްމާ އާއި ސިމްޑީގެ ގުޅުމުން މޫޑު ރަނގަޅުކޮށްދީފި

ދިލްމާ ސައިފަތާއި ސިމްޑީގެ 22 އަހަރުގެ ގާތްކަން، އެންމެންގެ މޫޑު ރަނގަޅު ކޮށްދީފި

27 ސެޕްޓެމްބަރ 2024

ގިނަ ދިވެހިން އެ ސައިފަތަށްޓަކައި މޮޔެވެފައިވާ ދިލްމާ ސައިފަތް އުފައްދާ ކުންފުނީގެ ޗެއާމަން ދިލްހާން ސީ. ފެނާންޑޯގެ ތަޖުރިބާއަކީ މި އެވެ. އެއީ އާދައިގެ ސައިފަތެއް ނޫނެވެ. އޭގެ ވަހުން ފެށިގެން ކަރުތެރޭގައި ރަހަ ލުމާ ހިސާބުން ވެސް ތަޖުރިބާ ތަފާތެވެ. ވިއްސާރަ ދުވަސްތަކުގެ ފިނިކަމާއި ހޫނު ދުވަސްވަހުގެ ހޫނުކަމާ ވެސް ގުޅެ އެވެ. އެ މާހައުލަކަށް އެކި ރަހަތަކުގެ ސައިފަތުން ލިބޭ ހިތްހަމަޖެހުމާ އެކު، މީހާ ރިލެކްސް ކޮށްދެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުރުނބާ މޯލްޑިވްސްގައި އިއްޔެގެ އެންމެ ވިއްސާރަ ވަގުތު, މި ބްރޭންޑާއި ސައިފަތާ ގުޅޭ އެކި މައުލޫމާތުތައް ނޫސްވެރިންނަށް ކިޔައި ދެއްވަމުން ފެނާންޑޯ ވިދާޅުވީ، ވިއްސާރައިގެ ފިންޏަށް ބޭނުން ވަނީ ސިކުނޑި ހޭލައްވާލަން ސައިގެ ހޫނުކަމުގައި އިނގުރާއި މާމުއި ކަމަށެވެ. ހަމަ އެގޮތަށް ހޫނު ދުވަސްތަކުގެ އުދާސްކަމުން ތާޒާކަން ހޯދުމަށް ބޭނުންވާނީ ވެސް ސައިފަތާ އެކު، މިންޓުލީފެވެ.

ދިލްމާ ބްރޭންޑުގެ ޗެއާމަން ފެނާންޑޯ އެ ބްރޭންޑުގެ ސައިފަތުގެ މައުލޫމާތުތައް މީޑިއާއާ ހިއްސާ ކުރައްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިލްމާ ބްރޭންޑުގެ ޗެއާމަން ފެނާންޑޯ އެ ބްރޭންޑުގެ ސައިފަތުގެ މައުލޫމާތުތައް މީޑިއާއާ ހިއްސާ ކުރައްވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފެނާންޑޯ ވިދާޅުވީ، ދިލްމާ ކުންފުނިން ކޮންމެ ފްލޭވާއެއް ހެދުމުގައި ވެސް އެކި މާހައުލުތަކުގެ އެލެމަންޓުތަކާއި އެކި މޫސުމާ ވަގުތުތަކާ ގުޅުވައި ސައިފަތް ތައްޔާރުކުރާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ ދާދި ފަހުން އެ ބްރޭންޑުން ނެރުނު "މޯލްޑިވްސް" ސައިފަތެވެ.

"މި ސައިފަތް ހެދުމުގައި އަޅުގަނޑުގެ އިންސްޕިރޭޝަނަކަށް ވީ އަޅުގަނޑަށް ރާއްޖެ އިން ލިބެން ހުރި އެކި ތަކެތި ހިމަނައިގެން ތައްޔާރުކުރުން. ދުވަހުގެ 4 ގަޑިއަށް ބޭނުން ކުރެވޭނެ 4 ފްލޭވާ މީގައި ހިމެނޭނެ،" ދިވެހިރާއްޖޭގެ ނަން ދީފައިވާ ސައިފަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.

ދިލްމާއިން ރާއްޖެ އަށް ހާއްސަކޮށް ނެރެފައިވާ ސައިފަތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިލްމާއިން ރާއްޖެ އަށް ހާއްސަކޮށް ނެރެފައިވާ ސައިފަތް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފެނާންޑޯގެ ކުންފުނިން ދިލްމާގެ ކޮންމެ ސައިފަތް ފްލޭވާއެއް ހެދުމުގައި ގެންގުޅޭ ވިސްނުމަކީ އެއީ އެވެ. ދުވަހުގެ އެކި ވަގުތުތަކަށް, އެކި މާހައުލުތަކުގައި އެކި މޫސުންތަކަށް ބޭނުން ކުރެވޭނެ ފްލޭވާތައް ތައްޔާރުކުރުމަށެވެ.

ފެނާންޑޯ ވިދާޅުވިގޮތުގައި، މި ދުވަސްވަރު ސައިފަތަކީ ދުނިޔޭގެ ގިނަ ތަންތަނުގައި މަގުބޫލު ޓްރެންޑިން ބުއިމަކަށް ވަނީ ވެފަ އެވެ. ސައިގެ މަގުބޫލުކަން އިތުރު ވެފައި ވަނީ މީގެ އެކި ވައްތަރުގެ ސައިފަތުން ލިބޭ ސިއްހީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ސަބަބުންކަމަށް ވިދާޅުވި އެވެ.

"ސިއްހީ އެކި އުނދަގޫތަކަށް ލުޔެއް ހޯދުމަށާއި މޫޑު ރަނގަޅު ކޮށްލުމަށް ވެސް އެކި ސައިފަތް ބޭނުން ކުރެވޭނެކަން ފަހުގެ ދިރާސާތަކުން ވެސް ވަނީ ހޯދިފައި. އެހެންވެ އެކި ސައިފަތުން އަދި އެ ސައި ހެދުމަށް ބޭނުންކުރާ އެލެމަންޓުތަކުން އެކި ތަޖުރިބާތައް ކުރެވޭނެ ވާހަކަ މި ބުނަނީ،" އޭނާ ވިދާޅުވި އެވެ.

ދިލްމާ ކުންފުނީގެ ސީއީއޯ ފެނާންޑޯ (މ) އާއި ސިމްޑީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ| މިހާރު

ދިލްމާ ކުންފުނީގެ ސީއީއޯ ފެނާންޑޯ (މ) އާއި ސިމްޑީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިޝަލް އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ| މިހާރު

"ދިލްމާ" އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑު އެހެން ބްރޭންޑުތަކާ ތަފާތުވާ ސަބަބެއްގެ ގޮތުގައި ފެނާންޑޯ ސިފަކުރެއްވީ އެ ބްރޭންޑުން ކޮންމެ ފްލޭވާއެއްގެ ސައިފަތް ހެދުމަށް ވަކި ކޮންޑިޝަންތަކަކަށް ފެތޭ ފަސްގަނޑު ހޯދުމާއި ވަކި ވަރެއްގެ ފިނިހޫނުމިނެއްގައި އެ ފަތްތައް ހެއްދުމުގައި އެންމެ ކުދިކުދި ކަންތައްތަކުން ފެށިގެން ދޭ ސަމާލުކަމެވެ. އެހެން މީހުންނާ ހިލާފަށް ދިލްމާ ކުންފުންޏަކީ ބޭނުންކުރާ ހުރިހާ ފަތްތައް "ހޭންޑްޕިކް" ކުރާ ކުންފުންޏަކަށް ވުމެވެ.

ދިލްމާ ކުންފުނީގެ އަމާޒަކަށް ހަދާފައި ވަނީ އެ މީހުންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރުމަށެވެ. އެއާ އެކު، އިންސާނިއްޔަތަށްޓަކައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކުންފުނީގެ މައިގަނޑު އެއް އަސާސެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި ބްރޭންޑު ސަސްޓެއިނަބަލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ހިތްހެޔޮކަމާ އެކު މުޖުތަމައުތަކަށް ފައިދާކުރަނިވި ހިދުމަތްތައް ކޮށްދިނުން ކަމަށް،" ސީއީއޯ ވިދާޅުވި އެވެ.

"ދިލްމާ" ކުންފުންޏަށް ލިބޭ އާމްދަނީގެ 15 ޕަސެންޓު ހޭދަކުރަނީ އެހެން މީހުންނަށް އެހީތެރިވުމަށެވެ. ދިލްމާ ކުންފުނީގައި ސައިފަތް ހެއްދުމުގައި ދިގު މުއްދަތެއް ހޭދަކުރަމުން އަންނަ މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ސީދާ އެ ކުންފުނީގެ މެނޭޖުމަންޓުންނެވެ. އެ ހިސާބުން ނުނިމެ އެވެ. ކުންފުނީގެ ހަރަދުގައި އެތައް ބަޔަކަށް ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެ އެވެ.

ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް ދީދީ "ދިލްމާ" ޕާޓްނާޝިޕުގެ މައުލޫމާތު މީޑިއާއާ އިއްޔެ ހިއްސާ ކުރައްވަނީ.--- ފޮޓޯ: ފަޔަޒް މޫސާ | މިހާރު

ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް ދީދީ "ދިލްމާ" ޕާޓްނާޝިޕުގެ މައުލޫމާތު މީޑިއާއާ އިއްޔެ ހިއްސާ ކުރައްވަނީ.--- ފޮޓޯ: ފަޔަޒް މޫސާ | މިހާރު

ދިލްމާ އިން ވަނީ "ދިލްމާ" ސައިފަތުގެ ތަޖުރިބާ ފުރިހަމަކޮށްދިނުމުގެ ގޮތުން ހާއްސަ ތަމްރީނުތައް ދޭނެ ސްކޫލެއް ވެސް ހުޅުވައިފަ އެވެ. ދިލްމާގެ ރާއްޖޭގެ ޕާޓްނަރު ސިމްޑީއާ ގުޅިގެން, ރާއްޖޭގެ އެކި ރިސޯޓުތަކުގައި މަސައްކަތްކުރާ ޓީ ބްރޫވަރުންނަށް މި ތަނުން ތަމްރީނުތައް ދެ އެވެ.

ދިލްމާ ބްރޭންޑުގެ ސައިފަތް ރާއްޖެ އެތެރެކޮށް ވިއްކާ ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް ދީދީ ވެސް ވަނީ އެ ބްރޭންޑުގެ ފަރާތުން ތަމްރީނު ކުރުމުގައި ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައިފަ އެވެ.

ސިމްޑީ އަށް 23 އަހަރު ވެފައިވާއިރު، ދިލްމާ ކުންފުންޏާ އެކު ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ 22 އަހަރު ވުމަކީ އާދައިގެ ކަމެއް ނޫނެވެ. މެދުކެނޑުމެއް ނެތި އެހާ ގިނަ ދުވަސް ވަންދެން އެއް ޕާޓްނަރަކާ އެކު މަސައްކަތް ކުރުމަކީ ސިމްޑީ އަށް ވެސް ލިބޭ ފަހުރެކެވެ.

"އަޅުގަނޑުމެންގެ މި ޕާޓްނާޝިޕް ދަނީ އެއް އަހަރުން އަނެއް އަހަރަށް ބަދަހިވަމުން. ދެ ކުންފުނިން ވެސް ގުޅިގެން މި މަސައްކަތް ކުރަނީ ރާއްޖޭގެ މާކެޓަށް ދިލްމާގެ ޕްރޮޑަކްޓުތައް އިތުރުކުރުމަށް. އަދި ބްރޭންޑް ކޮލިޓީ ދެމެހެއްޓުމަށް ދެ ކުންފުނި ގުޅިގެން މީހުން ތަމްރީނުކުރުމަށް،" ސިމްޑީ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު މިޝަލް ވިދާޅުވި އެވެ.

ސިމްޑީން ދިލްމާގެ އެކި ރޭންޖުތަކުގެ ލޫޒް ޓީ, ޓީ ބޭގްސް އަދި އެލިކްސާ ވެސް ވިއްކަ އެވެ.