Roadha Mihaaru
ބިދޭސީއަކު ގެއްލިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް

ބިދޭސީއަކު ގެއްލިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ

01 އޮކްޓޯބަރ 2024

ރާއްޖޭގައި އުޅޭ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އުޅޭ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާ މީހެއް ކަމަށްވާ މޮހަމެޑް ސެހް، 32 އެވެ.

އޭނާ ގެއްލުނީ ހުޅުމާލެއިންނެވެ.

ފުލުހުން ބުނި ގޮތުގައި، މޮހަމެޑް ސެހް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ހަވީރެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ބިދޭސީއަކު ގެއްލިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު، ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ދިވެއްސަކު ހޯދަމުން އަންނަތާ ވެސް މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެއީ މާލެ، މ. އަސަރީ ހަނދާން، ތަސްލީމް މުހައްމަދު، 42 އެވެ. އޭނާ ހޯދަން ވަރަށް ގިނަ ތަންތަން ބަލައި ފާސްކޮށްގެން ވެސް އޭނާއަށް ވީ ގޮތެއް ނޭނގޭތީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލަން އިންޓަޕޮލް ރީނދޫ ނޯޓިސްއަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ. އެ މައްސަލާގައި ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ.