Roadha Mihaaru

ގެެއްލިގެން ހޯދަމުންދިޔަ ސާއިފް ފެނިއްޖެ

ގެއްލިގެން ހޯދަން އިއުލާންކުރި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު ފެނިއްޖެ އެވެ.

ގެެއްލިގެން ހޯދަމުންދިޔަ ސާއިފް ފެނިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

25 ސެޕްޓެމްބަރ 2024

ގެއްލިގެން ހޯދަން އިއުލާންކުރި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފު ފެނިއްޖެ އެވެ.

ހއ. ހޯރަފުއްޓަށް އުފަން ސާއިފް، 30، ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާގެ ހަބަރެއް ނުވުމުން، އޭނާގެ ފޮޓޯއާއެކު ފުލުހުން މިއަދު ވަނީ ސާއިފް ހޯދަން އިއުލާންކޮށްފަ އެވެ.

އޭގެ ފަހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މާލެއިން ސާއިފް ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ގައުމީ ޓީމަށް ކުޅުނު ސާއިފް ވަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ އަދި ގްރީން ސްޓްރީޓް އިތުރުން ވިކްޓްރީ އަށް ވެސް ކުޅެފަ އެވެ.