03 އޮކްޓޯބަރ 2024
އިރާނުން ދިން ވައިގެ ހަމަލާތައް ކުށްވެރި ނުކުރައްވާ ކަމަށް ބުނެ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް، އިޒްރޭލަށް އެތެރެނުވެވޭ ގޮތަށް ބްލެކްލިސްޓު ކޮށްފި އެވެ.
އިރާނުން ދިން ވައިގެ ހަމަލާތައް ކުށްވެރި ނުކުރައްވާ ކަމަށް ބުނެ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް، އިޒްރޭލަށް އެތެރެނުވެވޭ ގޮތަށް ބްލެކްލިސްޓު ކޮށްފި އެވެ.
ފަލަސްތީނުގެ މައްސަލާގައި އދ. އިން ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ އިޒްރޭލުން އަބަދުވެސް ކުރެ އެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްސް ބުނީ، އިރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތައް ފާޅުގައި، ކެރިގެން ކުށްވެރި ކުރަން ގުޓެރޭސް ނުކުޅެދިފައިވާ ކަމަށެވެ.
"ދުނިޔޭގެ ހުރިހާ ގައުމުތަކެކޭ އެއް ފަދައިން، އިރާނުން ދިން މި ރަހުމް ކުޑަ ހަމަލާތައް ފާޅުގައި، ކެރިގެން ކުށްވެރި ނުކުރާ އެއްވެސް މީހަކަށް އިޒްރޭލުގެ ފަސްގަނޑުގައި ފައިތިލަ ބީއްސާލުމުގެ ހައްގެއް ނޯންނާނެ،" ކަޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ގުޓެރޭސް އަކީ "މީހުން މަރައި، ރޭޕްކުރާ ޓެރަރިސްޓުންނަށް" ތާއީދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކޮށް، އދ. ގެ ތާރީހުގައި ޖެހުނު "ލައްގަނޑެއް"ގެ ކަމަށް ވެސް އިޒްރޭލުގެ ފޮރިން މިނިސްޓަރު ބުންޏެވެ.
އިރާނުން އަންގާރަ ދުވަހުގެ ރޭ އިޒްރޭލަށް ވައިގެ ހަމަލާތައް ދިނުމާ އެކު، ގުޓެރޭސް ވަނީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، އިރާނުން ދިން ހަމަލާ، ސީދާ ގޮތެއްގައި ކުށްވެރި ކުރައްވައިފައެއް ނުވެ އެވެ.
I condemn the broadening of the Middle East conflict with escalation after escalation.
— António Guterres (@antonioguterres) October 1, 2024
This must stop.
We absolutely need a ceasefire.
އިރާނުން ދިން ވަރުގަދަ ވައިގެ ހަމަލާގައި 180 އަށް ވުރެ ގިނަ ބެލިސްޓިކް މިސައިލް ފޮނުވި ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނީ އިރާނުގެ ގިނަ މިސައިލްތައް އިޒްރޭލުގެ ވަރުގަދަ އަޔަން ޑޯމް ސިސްޓަމްތަކުން ދިފާއު ކޮށްފައިވާ ކަމަށެވެ. އެކަމަކު "މަދު މިސައިލެއް" އިރާނުގެ ޓާގެޓުތަކަށް ދިޔަ ކަމަށް އިޒްރޭލުން ބުންޏެވެ.
އިރާނުގެ އަސްކަރިއްޔާ އިން ބުނީ މި ހަމަލާއަކީ އީރާންގެ މަދަދު ލިބޭ، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލުގައި ދިން ހަމަލާއެއް ކަމަށެވެ.
އިރާނުން ދިން ވައިގެ ހަމަލާތަކުގެ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ދީފަ އެވެ.
އެކަމަކު، އިޒްރޭލުން އެއްވެސް ރައްދެއް ދީފި ނަމަ އިޒްރޭލު "ސުންނާފަތި" ވާ ފަދަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިރާނުގެ އަސްކަރިއްޔާ އިން ވެސް ވަނީ ދީފަ އެވެ.
ހިޒްބުﷲ ބަލިކަށިކޮށްލުމުގެ ނަމުގައި އިޒްރޭލުން މިވަގުތު ވެސް ދަނީ ވައިގެ ހަމަލަތަކާ އެކު އެއްގަމު މަގުން ލުބްނާނަށް ވަދެގަނެ ހަމަލާތައް ދެމުންނެވެ.
ލުބްނާނު ވެސް ސުންނާފަތި ކޮށްލާނެކަމުގެ އިންޒާރު ދީފި
އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމާގައި ފަހަތަށް ނުޖެހޭނެ
ބޭރޫތަށް އިޒްރޭލުން ހުއްޓުމެއްނެތި ހަމަލާދެނީ
އިރާނުން އިޒްރޭލަށް 180 މިސައިލް ހަމަލާ ދިން
އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
ސައުދީން ކޮންމެ މަހަކު ފަލަސްތީނަށް މާލީ އެހީ ދެނީ
ލުބްނާނުގެ ދެކުނުން އިޒްރޭލު ސިފައިން ވަދެގެންފި
"ލުބްނާނުގެ މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިއްޖެ"
ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލު އިރާނުން ހިފާނެ
ރޮކެޓު ހަމަލާތަކުގެ ރައްދު ދޭނެ ކަމުގެ އިންޒާރު