މި މަހުގެ 22 ގައި މާލޭގައި ފަށަން ހަމަޖެހިފައިވާ ތިން ވަނަ އޭޝިއަން ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތައް ކަނޑައަޅައިފި އެވެ.
03 މާޗް 2017
މި މަހުގެ 22 ގައި މާލޭގައި ފަށަން ހަމަޖެހިފައިވާ ތިން ވަނަ އޭޝިއަން ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތައް ކަނޑައަޅައިފި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހަމަވެފައިވާއިރު ރާއްޖޭގެ އިތުރުން ވާދަކުރާނީ ކިރްގިސްތާނާއި ތުރުކުމެނިސްތާން އަދި ނޭޕާލެ. މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ ވަނީ ކިރްގިސްތާނާއި ނޭޕާލާ ދެކޮޅަށް ކުޅެފަ އެވެ.
ފުރަތަމަ ދެ މެޗުން ރާއްޖެ ވަނީ ނޭޕާލާއި ކިރްގިސްތާން އަތުން ބަލިވެފަ އެވެ. އެހެން ނަމަވެސް މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ނޭޕާލް އަތުން ވަނީ މޮޅުވެފަ އެވެ.
މުބާރާތުގައި ވާދަކުރުމަށް ޓީމުތައް އަންނާނީ މި މަހު 20 ވަނަ ދުވަހު އެވެ.
ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މުބާރާތުގައި އިރުޝާދުދީފައިވަނީ ސްރީލަންކާގެ ކޯޗު ސިސިރާ ކުމާރް ވެންޑަކޫން އެވެ. އެހެން ނަމަވެސް އެ މުބާރާތަށް ފަހު ވެންޑަކޫން ވަނީ ކޯޗުގެ މަގާމުން ދުރުކޮށްފަ އެވެ.
މި ފަހަރުގެ މުބާރާތަށް ޓީމުގެ ފަރިތަކުންތައް ފަށާފައިވާއިރު ކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ޝަރަފެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ސައުތު އޭޝިއަން އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ރާއްޖެއަށް ހޯދައިދީފަ އެވެ.
ގައުމީ ޓީމުގެ ކޯޗު ޝަރަފް ބުނީ މުބާރާތަށް ޓީމުގެ ތައްޔާރީތައް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ހެނދުނާއި ހަވީރު ކަހަލަ ގޮތަކަށް ދުވާލަކު ގާތްގަނޑަކަށް ހަ ގަޑިއިރެއް ވަރު ޕްރެކްޓިސްތައް ކުރިއަށްގެންދަމުން މިދަނީ. މި ވަގުތު އިންޑޯ ވެސް ޕްރެކްޓިސް ކުރަން ލިބޭތީ އޭގެ ބޭނުން ވެސް އެންމެ ރަނގަޅަށް ހިފަމުން މިދަނީ،" ޝަރަފް ބުންޏެވެ.
އޭނާ ބުނީ މުބާރާތަށް ދިއުމުގެ ކުރިން ތައިލެންޑަށް ޓްރެއިނިން ކޭމްޕެއް ދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ވީއޭއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ކ) ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި އަންނަ ހަފްތާގެ ތެރޭގައި ތައިލެންޑަށް ޓްރެއިނިން ކޭމްޕެއް ދާން އަޅުގަނޑުމެން މި ތައްޔާރުވަނީ. އެއީ މުބާރާތުގެ ކުރިން ރަނގަޅު މެޗުތަކެއް ކުޅެލަން. މި ދަތުރުގައި އަޅުގަނޑުމެން މި ރާވަނީ ތައިލެންޑުގެ ރަނގަޅު ޓީމުތަކާ އެކީ ފަހެއް ނޫނީ ހަ މެޗު ކުޅެން،" ޝަރަފް ބުންޏެވެ.
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އޭވީސީ މުބާރާތް ފެށުމުގެ ކުރިން ކުޅިވަރު އެކުވެނީ އިންޑޯގެ ކުރަން ހުރި މަސައްކަތްތައް ކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިންޑޯގެ ކުރަން ހުރި މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް. ހަގީގަތުގައި މުޅި އިންޑޯ އެއްކޮށް ބަދަލުކުރަން. މި މުއްދަތު ތެރޭގައި އެކަން ނުވެވެސް ހިނގައިދާނެ. އެކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އެކަމަކު މިނިސްޓްރީން ވެސް އަދި އަޅުގަނޑުމެން ވެސް މަސައްކަތް މިކުރަނީ ވީ އެންމެ ރަނގަޅަށް އެކަން ކުރެވޭތޯ،" ލަތީފް ވިދާޅުވި އެވެ.
މިއީ އިންޑޯގައި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފިރިހެން ވޮލީބޯޅަ މުބާރާތެވެ.
ތަށްޓެއްގައި އަތްލުމަށް ވޮލީ ޓީމަށް ރަނުގެ ފުރުސަތެއް
ކުޅުންތެރިން ދަސްވީ މުބާރާތް ނިމުނު ފަހުން: ކޯޗު
ވޮލީގެ ބޮޑު ދެ މުބާރާތް އަންނަ އަހަރު ރާއްޖޭގައި
17 އަހަރުގެ މާއިޝް، ޝާމިލް، ނާފިއު ސީނިއާ ޓީމަށް
ވަރުގަދަ އަޒުމެއްގައި ކުޅެ ނަތީޖާ ނެރެވޭނެ: ހުޒަންޓެ
ސެންޓްރަލް ޒޯން ޓީމުތައް އަންނަނީ ކުރިއަރަމުން: ކޯޗު
ވޮލީބޯޅަ އެސޯސިއޭޝަންގެ އިންޓަރިމް ކޮމިޓީ ސައްހަބާ؟
ވޮލީ ޓީމުގެ މެނޭޖަރު ޑިލައިޓް އައްޔަ އިސްތިއުފާދީފި
ތަޖުރިބާ ހޯދައިދީގެން ޓީމު ރަނގަޅުކުރެވޭނެ: ކޯޗު
ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަަޓައިފި