Roadha Mihaaru
މަސްވެރިކަމުގެ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި

މަސްވެރިކަމުގެ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި

11 އޮކްޓޯބަރ 2024

މަސްވެރިންނަށް ދޭ އެވޯޑުތަކަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަސްވެރިންނަށް ދޭ އެވޯޑުތަކަށް ކުރިމަތިލާން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި އަހަރު ފާހަގަކުރާ 44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ދޭ މި އެވޯޑްތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބ. ތުޅާދޫގައި ބާއްވަން ކުރިން ނިންމި ނަމަވެސް ޖަލްސާ މާލޭގައި ބާއްވާ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

އެވޯޑް ދިނުމަށް ކަނޑައަޅާފައި ވަނީ؛

- މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މަސްވެރިންނަށް

- 35 އަހަރުން ދަށުގެ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅަށް

- 35 އަހަރުން މަތީގެ މަސްވެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކެޔޮޅަށް

- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަންކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާ އަށް

އެ އެވޯޑްތަކަށް ކުރިމަތިލާން ހުށަހަޅާން ޖެހޭ ފޯމު، މިނިސްޓްރީގެ ވެބްސައިންޓުން ޑައުންލޯޑު ކުރެވެން ހުންނާނެ އެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހެވެ. އެންމެ ފަހުން މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ވެސް މާލޭގަ އެވެ.