16 އޮކްޓޯބަރ 2024
ރަޝިޔާ މީހަކު ކަނޑުވެ ގަދަ ފިނީގެ ތެރޭ އުޅޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން ސަލާމަތުން ފެނިއްޖެ އެވެ.
ރަޝިޔާ މީހަކު ކަނޑުވެ ގަދަ ފިނީގެ ތެރޭ އުޅޭތާ ދެ މަހަށްވުރެ ގިނަ ދުވަސް ފަހުން ސަލާމަތުން ފެނިއްޖެ އެވެ.
މިޚައިލް ޕިޗުގިން ސަލާމަތްވީ އޭނާގެ ބިޔަ، 100 ކިލޯގެ ބަރުދަން ހުރި ހަށިގަނޑުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހޯމަ ދުވަހު ފެނުނު އިރު އޭނާގެ ބަރުދަނުގައި ހުރީ 50 ކިލޯ އެވެ.
ގެއްލުނު މީހާ އޭނާގެ ކޮއްކޮ އާއި އޭނާ އަށް ބޮޑުބޭބެ ކިޔާ އުމުރުން 15 އަހަރުގެ ކުއްޖަކާ އެކު ފުރީ އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ކަނދަށް ވައި ޖަހައިގެން ދުއްވާ ކަޓަމަރާނެއްގައި ކަމަށް ރަޝިޔާގެ ޓްރާންސްޕޯޓް ޕްރޮސެކިއުޓަރުން ވަނީ ބުނެފަ އެވެ.
ހޯމަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:00 ހާއިރު، މަސްވެރިކަން ކުރާ އުޅަނދަކަށް މިޚައިލް ފެނުނީ އޭނާ ދަތުރު ފެށި ތަނާ ގާތްގަނޑަކަށް 1،000 ކިލޯމީޓަރު (670 މޭލު) ދުރުންނެވެ. އެއީ ގެއްލުނުތާ 66 ދުވަސް ފަހުންނެވެ.
ޕްރޮސިިކިއުޓަރުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި މިޚައިލް ކައިރިއަށް މަސްވެރިންގެ ބަޔަކު ދިއުމާ އެކު އޭނާ ވަނީ "ގައިގައި އެހާ ވަރެއް ނެތް" ކަމަށް ގޮވަން ފަށައިފަ އެވެ. އެކަމަކު މަސް ބޯޓުން ވަލެއް އެއްލުމުން އޭނާ އޭގައި ހިފަ އެވެ.
އޭނާ ފެނުނު އިރު ވެސް އޭނާއާ އެކު ދެން ދަތުރުގައި ބައިވެރިވި ދެ ކުދިންގެ ހަށިގަނޑު އޭނާގެ އުޅަނދު ތެރޭގައި އޮތެވެ. އޭނާގެ ބޭބެއެއް ކަމަށްވާ 49 އަހަރުގެ މީހާގެ އިތުރުން 15 އަހަރުގެ ކުއްޖާގެ ހަށިގަނޑެވެ.
މިޚައިލްގެ އަންހެނުން މީޑިއާގައި ބުނެފައިވަނީ މިޚައިލް ދަތުރަށް ފުރީ ދެ ހަފްތާއެއްހާ ދުވަހަށް ފުދޭ ވަރަށް ކާބޯތަކެތި ހިފައިގެން ކަމަށެވެ. މިޚައިލްގެ ބަރުދަނުގައި 100 ވަރަކަށް ކިލޯ ހުންނާނެ ކަމަށާއި ފެނުނު އިރު ވެސް 50 ކިލޯ ހުރި ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
ދަތުރުގެ އަނެއް ދެ ބައިވެރިންގެ ތެރެއިން 49 އަހަރުގެ މީހާ މަރުވީ ކަޓަމަރާންގައި އިށީނދެގެން ތިބޭތާ މާ ގިނަ ދުވަސްވެ ތަންތަން ފާރުވާން ފެށުމުން ގައި ދޮވެ ސާފުކުރަން އުޅުމުގެ ތެރޭގައި، ފިނި ގަދަ އެ ސަރަހައްދުގެ މޫދަށް ވެއްޓުމުން އޭނާ ނެގި ފަހުން ކަމަށްވެ އެވެ. އެ ހާދިސާއަށް ފަހު އެ މީހުން ކަޓަމަރާންގައި ތިބީ ގައިގައި ވާ ޖަހައި އައްސައިގެން، ކަނޑަށް ނުވެއްޓޭ ގޮތް ހަދައިގެންނެވެ.
މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލާމަތީ ކަންކަމުގެ މިންގަނޑުތަކާ ހިލާފް ވެފައި ވާތީ މިޚައިލްގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. -- އޭއެފްޕީ
ފުވައްމުލަކުން ގެއްލުނު ކުއްޖާ ފެނިއްޖެ
ރަޝިޔާއަށް އުތުރު ކޮރެއާގެ 10،000 ސިފައިން
ތަސްލީމް ހޯދަން އިންޓަޕޯލްގެ ރީނދޫ ނޯޓިސް ނެރެފި
ބިދޭސީއަކު ގެއްލިގެން ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް
ގެެއްލިގެން ހޯދަމުންދިޔަ ސާއިފް ފެނިއްޖެ
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ގެއްލިގެން ހޯދަނީ
އެމެރިކާއަށް ވަގަށް ރަޝިޔާއަށް މުދާފޮނުވީ ރާއްޖެ މަގުން
ތަސްލީމަށް ވީގޮތެއް ނޭނގެ؛ އިންޓަޕޮލްގެ ނޯޓިސް ނެރެނީ
ރަޝިޔާއަށް މިސައިލް ދިނުމުން އީރާނަށް ދަތިކޮށްފި
އާރްޓީ ނިއުސްގެ އެޑިޓަރުންނަށް އެމެރިކާއިން އަދަބެއް